ނިކާއި ޕްރިޔަންކާ ސަރޮގޭޓް މެދުވެރިކޮށް ދަރިއަކު ހޯދީ ކީއްވެ؟

ނިކާއި ޕްރިޔަންކާ ސަރޮގޭޓް މެދުވެރިކޮށް ދަރިއަކު ހޯދީ ކީއްވެ؟

Author
ފާތިމަތު ނާވީ
25 ޖެނުއަރީ 2022 07:29
0

މި މަހުގެ 15 ވަނަ ދުވަހު ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްއަށް އެމީހުންގެ އަލަތު ދަރިފުޅު ލިބިފައިވިޔަސް މިކަން އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ.

މިކަން ހިއްސާ ކުރަމުން ޕްރިޔަންކާ ބުނެފައިވަނި އެމީހުންނަށް ލިބުނީ އަންހެން ކުއްޖެއް ކަމަށާއި އަދި ވަރަށް އުފަލުން ހުރި ކަމަށެވެ. އަދި ދަރިފުޅު ހޯދީ ސަރޮގޭޓެއް މެދުވެރިކޮށް ކަމަށްވެސް ވަނީބުނެފައެވެ.

ބައެއް ރިޕޯޓްތަށް ބުނާގޮތުގައި އެކުއްޖާ ވިހާފައިވަނީ ދުވަސް ނުފުރައެވެ. ޕްރިމެޗުއާ ބޭބީ އަދިވެސް އޮތީ ހޮސްޕިޓަލްގައި ކަމަށް ޑެއިލީ މެއިލުން ވަނީ މީގެކުރިން ރިޕޯޓްކޮށްފައެވެ. އެގޮތުން އެކުއްޖާ ލިބުނީ ދުވަސް ފުރުމުގެ 12 ހަފްތާ ކުރިން ކަަމަށްްވެސް އެނޫހުން ވަނީ ބުނެފައެވ.

އަދި ސަރޮގެސީން ކުއްޖަކު ހޯދުމުން ގިނަ ބައެއްގެ ސުވާލާއި މި ދެތަރިންނަށް ވަނީ ކުރިމަތިލާން ޖެހިފައެވެ. މިކަމާ ގުޅޭގޮތުން ޑެއިލީ މެއިލްގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ދަރިއަކު ހޯދުމަށް ޕްރިޔަންކާއަށް ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް މި ދެތަރިންނަކީވެސް ވަރަށް ބިޒީ ޝެޑިއުލް އެއްގައި އުޅޭ ދެތަރިންނަށް ވުމުން، އަދި ގިނަ ފަހަރަށް ދެ މީހުންނަށް އުޅެން ޖެހެނީ މުޅިން ވަކިން މާ ދުރު ދެ ގައުމުގައި ކަމަށް ވުމުން އެމީހުންގެ ދަރިން ހޯދުމުގެ ހުވަފެން ހަގީގަތަކަށް ނުވެފައި އޮތީއެވެ.

މާނައަކީ ދަރިއަކު ވީހާނެހާ ވަގުތު ނެތީއެވެ. ދެމީހުންވެސް ބިޒީކަމުން އެހާއި ވަގުތު ދަރިއަކު ހޯދުމަށް ހުސްކުރެވެން ނެތިއެވެ.

ސަރޮގެސީ މެދުވެރިކޮށް ދަރިން ހޯދުމަކީ ދެމަފިރިންގެ ބިހާއި ދަރިފަނި ބޭނުންކޮށްގެން އެހެން މީހެއްގެ ބަނޑުގައި ދަރިފުޅު އަށަގަންނުވައިގެން ދަރިން ހޯދުމުގެ އުސޫލެވެ. މި އުސޫލުގެ ދަށުން ލިބޭ ދަރިފުޅުގެ މިލްކުވެރިކަމާމެދު ދަރިފުޅު ވިހާ މީހާއަށް އެއްވެސް ބާރެއް ނޯންނާނެއެވެ. އާންމުގޮތެއްގައި މިފަދަ ގޮތަކަށް ކުދިން ހޯދަނީ ދެމަފިރިން ކުރެ އެކަކަށް ސިއްހީ މައްސަލައެއްގެ ސަބަބުން ދަރިން ލިބުމުގައި ހުރަސް ތަކެއް ހުންނާތީއެވެ. ނަމަވެސް އެފަދަ އެއްވެސް މައްސަލައެއް ނެތް މީހުން ނުވަތަ ކައިވެންޏެއް ނުކޮށް ދިރިއުޅޭ މީހުން މިގޮތަށް ދަރިން ހޯދުން ފަހަކަށް އައިސް ފިލްމީ ތަރިންނާއި ސެލެބްރިޓީންގެ މެދުގައި ވަނީ އާންމުވެފައެވެ.

ޕްރިޔަންކާ އާއި ނިކް އުންމީދު ކޮށްގެން ތިބީ އެމީހުންގެ ދަރިފުޅު އުފަންވާނީ އަންނަ އެޕްރީލް މަހުކަމަށެވެ. އެހެންވެ އެ ދުވަސްވަރާ ދިމާކޮށް ދެ މީހުން ތިބީ ޗުއްޓީ ވެސް ނަގައިގެންނެވެ. ނަމަވެސް މާ އަވަހަށް ކުއްޖާ އުފަން ވުމުން އެމީހުންގެ ބިޒީ ޝެޑިއުލުން ކުއްޖާއަށް ވަގުތު ހުސްކުރަން ވެސް މި ދެމަފިރިންނަށް ވަނީ ދަތިވެފައެވެ.

ފަހަކަށް އައިސް ގިނަ އިންޓަވިއު ތަކުގައި މިދެތަރިންވެސް ވަނީ ދަރިއަކު ބޭނުން ކަމަށް ވާހަކަ ދައްކާފައެވެ. އަދި އާއިލާއެއް ފަށަން ބޭނުން ކަމަށާއި ގިނަ ދަރިން ބޭނުންވާކަމަށްވެސް ބުނެފައިވެއެވެ.

ނިކް އާއި ޕްރިޔަންކާ ކައިވެނިކޮށްފައިވަނީ ވަރަށް ކުލަގަދަ ހަފްލާއެއްގައި 2018 ވަނަ އަހަރު އިންޑިއާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.