އަސްކަރިއްޔާއިން ބަޣާވާތެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: އާދަމް ޝަރީފް

އަސްކަރިއްޔާއިން ބަޣާވާތެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
06 ނޮވެމްބަރ 2020 05:14
0

ދިވެހި އަސްކަރިއްޔާއަކީ ރާޢްޖޭގެ ހަމަޖެހުމާއި، ސުލްހަ މަސްލަހަތު ދަމައްޓާނެ ބައެއް ކަމަށާއި، އަސްކަރިއްޔާއިން ބަޣާވާތެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު އެބައޮތް ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސަލާމަތީ ބާރުތަކާއިމެދު އަދިވެސް ސުވާލު އުފެދޭކަމަށް މަޖިލިސް މުހައްމަދު ނަޝީދު ވިދާޅުވެއް ކުރައްވާފައިވާ ޓުވީޓަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ބާރުން ދިވެހި ރައްޔިތުންނާއި ޤައުމަށް ގެއްލުން ހުރި އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. ދިވެހި އަސްކަރިއްޔާ އިން އަބަދުވެސް އިސްކުރަނީ ޤައުމާއި ރައްޔިތުންގެ ހައްޤުތައް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ދިވެހި ސިފައިންނަކީ ޤައުމަށް ތެދުވެރި، ކުރާ ކޮންމެ ކަމެއްގައި ދިވެހި ޤައުމާއި، ރައްޔިތުންގެ ހައްޤު އިސްކުރާ ލަޝްކަރެއް! ދިވެހި އަސްކަރިއްޔާއިން ބަޣާވާތެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް.

– އާދަމް ޝަރީފް އުމަރު

2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު އޭރުގެ ވެރިކަން ވައްޓާލިކަމުގެ ތުހުމަތު ސަލާމާތި ބާރުތަކަށް އޭރުގެ ރައީސަކަށް ހުންނެވި، ނަޝީދު ކުރައްވާއިރު މިއަދު ވެރިކަމުގެ ކޯލިޝަން ހައްދަވައިގެންތިބީ ކޮންބަޔަކާއި ކަމާއިމެދު ސުވާލު އުފެއްދެވުން މާ އައުލާކަން ބޮޑުކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ފެބްރުއަރީ 7، 2012 ގައި ހިނގިފަދަ ސަލާމަތީ ބާރުތަކުން ބަޔަކު ގައުމަށްވީ ގައްދާރުވުން ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ނުކުރާހާ ހިނދަކު އަނެއްކާވެސް ބަޣާވާތެއް ނުކުރާނެ ކަމަށް ދަންނަވަން ކެރިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ދެހާސް ބާރަވަނަ އަހަރު ނަޝީދުގެ ވެރިކަން ބަދަލުވީ އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން ނަމަވެސް ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ވަނީ ނަޝީދާ ދެކޮޅަށް ނިކުމެފައެވެ. އަދި ޖެހިގެން އައި ދުވަހު ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަން ބަދަލުކޮށްލީ ބަޣާވާތަކުން ކަމަށް ވިދާޅުވެފައެވެ. އެކަން ރައީސް ވަހީދުގެ ސަރުކާރުގައި ތަހުގީގު ކުރިއެވެ. ބޭރުގެ މާހިރަކާއެކު ކުރިއަށް ގެންދިޔަ މިނިވަން ތަހުގީގުގައި ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެ ދުވަހު ހިނގާދިޔަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އެޅުމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ހިމަނާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.