ބާގްޔަޝްރީގެ އަންހެން ދަރިފުޅުވެސް ބޮލީވުޑަށް

ބާގްޔަޝްރީގެ އަންހެން ދަރިފުޅުވެސް ބޮލީވުޑަށް

Author
ފާތިމަތު ނާވީ
24 ޖެނުއަރީ 2022 03:06
0

ބާގްޔަޝްރީގެ އަންހެން ދަރިފުޅު އަވަންތިކާ ދަސާނީ ވެސް ފިލްމީ ދާއިރާއަށް ނުކުތުމަށް ތައްޔާރުވެއްޖެއެވެ.

އަވަންތިކާ ވެސް ބޮލީވުޑަށް ތައާރަފް ކުރަނީ ޑައިރެކްޓަރު ރޯހަން ސިއްޕީއެވެ. އަވަންކިތާގެ ފުރަތަމަ ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާ އެކެވެ.

ރޯހަން ސިއްޕީ އަކީ ބާގްޔަޝްރީގެ ފިރިހެން ދަރިފުޅު އަބިމަންޔޫ ދަސާނީ ވެސް ބޮލީވުޑަށް ތައާރަފް ކޮށްދިން ޑައިރެކްޓަރެވެ. އަބިމަންޔޫ ބޮލީވުޑް އަށް ތައާރަފް ވީ "މަރްދުކޯ ދަރްދް ނެހީ ހޯތާ" އިންނެވެ.

 

View this post on Instagram

 

A post shared by Avantika Dassani (@avantikadassani)

އަވަންތިކާގެ ފިލްމާ ގުޅޭ އިތުރު މާގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. މި ފިލްމުން އޭނާއާއެކު ހުމާ ގުރައިޝީ އާއި ޕަރަމްބަރަތާ ޗައްދޯޕަތުޔާ ވެސް މުހިންމު ރޯލަކުން ފެނިގެން ދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.