ބޮލީވުޑް ސްޓާ ކިޑްސް އާއި އެކުދިންގެ ލޯބިވެރިން!

ބޮލީވުޑް ސްޓާ ކިޑްސް އާއި އެކުދިންގެ ލޯބިވެރިން!

ބޮލީވުޑްގެ ސްޓާ ކިޑުންނާއި އެކުދިންގެ ލޯބިވެރިންނަށް ވެސް އެކުދިންނެކޭ އެއްގޮތަށް އަންނީ ސަމާލުކަން ލިބެމުންނެވެ.

މިވާކަތައް މާބޮޑަށް ދެކެވެން ފަށާފައި ވަނީ ޕަލަކް ތިވާރީ އާއި އިބްރަހީމް އަލީ ޚާން ދާދިފަހުން އެކުގައި ފެނުމާއި ގުޅިގެންނެވެ. އެގޮތުން ގިނަ ބަޔަކު ތުހުމަތު ކުރާގޮތުގައި މި ދެމީހުންނަކީ މިހާރު ބޮލީވުޑްގެ އާ ޖޯޑެވެ.

އިބްރާހީމަކީ ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ފިރިހެން ދަރިފުޅެވެ. ޕަލަކް އަކީ މަޝްހުރު ޓީވީ ތަރި ޝްވެތާ ތިވާރީގެ ދޮށީ ދަރިފުޅެވެ. މި ދެމީހުންވެސް އަންނަނި ބޮލީވުޑަށް ނުކުތުމަށް މަސައްކަތް ކުރަމުންނެވެ.

ނަވްޔާ ނަވޭލީ ނަންދާ އަދި ސިދާންތު ޗަތުރުވެދީ

ނަވްޔާ އަކީ އަމީތާބްގެ ކާފަ ދަރިފުޅެވެ. އަމީތާބް ގެ އަންހެން ދަރިފުޅު ޝްވޭތާގެ ދޮށީ ދަރިފުޅެވެ. ނަވްޔާ ބޮލީވުޑާއި ދުރުގައި މަސައްކަތް ކުރުމަށް ބޭނުންވާކަމަށް ބުނެފައިވިޔަސް އޭނާގެ އާއިލާގެ ގިނަ މެމްބަރުންނަކީ އެކްޓަރުންނެވެ. ސިދާންތަކީ ކުރިއަރަމުން އަންނަ އެކްޓަރެކެވެ. ފިލްމީ އެއްވެސް ބެކްގްރައުންޑެއް ނެތް އެކްޓަރާއި ނަވްޔާ ޑޭޓްކުރަމުން އަންނަތާ ހައެއްކަ މަސްވެދާނެކަމަށް ޚަބަރުތައް ބުނެއެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ގެހެރާއިޔާ" އެވެ. މި ފިލްމުގައި އޭނާ ފެނިގެން ދާނީ ދީޕިކާ އަދި އަނަންނިޔާ އާއެކުގައެވެ.

ޖާންވީ ކަޕޫރާއި އަކްޝަތު ރަންޖަން

ބޮލީވުޑްގެ އެކްޓްރެސް ޖާންވީ ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އިންޑަސްޓްރީ އާއި އެއްވެސް ވަރަކަށް ގުޅުމެއް ނެތް ޒުވާނެއް ކަމުގައިވާ އަކްޝަތު ރަންޖަން އާއި ކަމަށް ޚަބަރުތަށް ބުނެއެވެ. "ދަޅަކް" އިން ބޮލީވުޑް އަށް ތައާރަފްވި ބަތަލާ އާއި އަކްޝަތު ލޯބީގެ ގުޅުން ފެށިގެން ގޮސްފައިވަނީ އެ ފިލްމް ކުޅުމުގެ މާކުރިން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ސާރާ އަލީ ޚާނާއި ޖަހާން ހަންދާ

ސާރާ އާއި ޖަހާން ހަންދާ އަކީ ދެ ލޯބިވެރިންކަމަށް މީޑިއާ އިން ތުހުމަތު ކުރެއެވެ. ސާރާ ބޮލީވުޑަށް ތައާރަފްވި ފިލްމު "ކޭދާރްނާތް"ގެ ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރި ޖަހާން އާއި ސާރާ އެކުގައި ޗުއްޓީ ދަތުރުތައް ގޮސް އުޅޭ ކަމަށް ރިޕޯޓްތަށް ބުނެއެވެ.

މި ގުޅުންތަކާ ބެހޭގޮތުން މި ތަރިންގެ މައިންބަފައިން އަދި މި ތަރިންވެސް ރަސްމީ ސިފައެއްގައި ވާހަކަދައްކައިފައިއެއް ނުވެއެވެ. އަދި ލޯބިވެރިޔަކު ހުންނަ ކަމަށް އެއްބަސްވެފައިވެސް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *