ރީކޯގެ ރައްދު ޖަމީލަށް: އެއްވެސް ހިލަމެއްނުވެ ހުރެފަ މިހާރު ތިހައްދަވަނީ ދޮގުކަން އެނގޭ!

ރީކޯގެ ރައްދު ޖަމީލަށް: އެއްވެސް ހިލަމެއްނުވެ ހުރެފަ މިހާރު ތިހައްދަވަނީ ދޮގުކަން އެނގޭ!

ގުޅުންހުރި

މިސަރުކާރުގެ ގެނައުމަށް ސިޔާސަތުތައް ލިޔެ މެނިފެސްޓޯ ހެދިއިރު އެންމެ އިސް މީހަކަށް ހުރީ ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ) ޑރ.ޖަމީލަށް ރައްދު ދެއްވައިފިއެވެ.

މޫސާ މިގޮތަށް ރައްދު ދެއްވާފައި މިވަނީ ޑރ.ޖަމީލް މިސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވުމުންނެވެ. މޫސާ މަނިކު ވިދާޅުވީ ސަރުކާރު ގެންނަވެގެން ސިޔާސަތުތަށް ލިޔެ، ބަހުސްކޮށް، މެނިފެސްޓޯ ހެދިއިރު އޭގެ އެންމެ އިސްމީހަކަށް ހުންވައިގެން ޑރ.ޖަމީލް އެ ވާހަކަތައް ރައްޔިތުންނަށް ހާމަކޮށްދެއްވާ އެކަމާ ދެކޮޅުހެއްދެވި އަޑެއް ޓްވީޓެއް އެއްވެސް ނުކުރައްވާކަމަށެވެ. ނަމަވެސް ހިލަމެއްނުވެފަ މިހާރު އެވާހަކަތައް ދެއްކުމުން ޖަމީލް ހައްދަވަނީ ދޮގުކަން ހާމަވާކަމަށް މޫސަ ވިދާޅުވިއެވެ.

ޑރ.ޖަމީލް ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން މިސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރުއާނާއި ސުންނަތަށް ފުރައްސާރަކުރާ ފަރާތްތަކަށް ފިޔަވަޅު ނާޅާ ޙިމާޔަތްކުރުންކަމަށާއި، މިސްކިތްތައް ނަޖިސްކުރުމާއި މަސްތުވާ އައްޑާތަކަކަށް ހެދުން ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. އަދި ކީރިތި ޤުރުއާން ކިޔަވައި ނުދޭން އެކިއެކިއުކުޅުތައް ބޭނުންކުރުމާއި، ހޯމް ސްޓޭގެނަމުގައި ޙުދޫދެއް ނެތްގޮތަށް ހުޅަނގުގެ ހުރިހާ ސަގާފަތެއް މުސްލިމް ޢާއިލާތަކުގެ ތެރެއަށް ވެއްދުމާއި، މޫނު ބުރުގާ އަޅާފަރާތްތަކާއިމެދު ތަފާތުކުރުމަކީ މިސަރުކާރުގެ ދީނީ ސިޔާސަތުތައްކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

އެހެންވީމަ ކުޑައަގަކަށް ދީން ނީލަންކިޔާ މީހުންނަށް ސަމާލުވަމާ! އެފަދަ ޕާޓީތައް ދޫކޮށް ނިކުންނަވާ!

– ޑރ.މުޙައްމަދު ޖަމީލް އަޙްމަދު

އަދާލަތުން ބުނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާޢީދުކުރަން ނިންމީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެކަމަށް ފާހަގަކުރެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ޢަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައިމެ މިއަދާ ހަމަޔަށް އެކަށީގެންވާ ޙައްލު ހޯދުމަށް މަސައްކަތްކުރައްވާފައިވާތީކަމަށެވެ.

ދީނީ ކަންކަމާއި ގުޅިގެން ސަރުކާރުން ނަންގަވާ ސިޔާސަތުތަކަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި އެކަމުގައި އަދާލަަތށްވެސް ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވެއެވެ

ހިޔާލުފާޅު ކުރައްވާ!

One Response

  1. މޫސަ އިނދި ކޮޅުމީހުނަށް ކިތަންމެވަރަކަށް އެއްޗެހި ގޮވިޔަސް މިސަރުކާރުން .އެމްޑީޕީއަކުން މޫސައޮޅުކުރާކަށް ނޫޅޭ

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ