ރާއްޖެ ބަދަލު ކުރުމަށްޓަކައި އެމްޑީޕީން ފަށާފައިވާ މަސައްކަތް ނިންމާލެވޭނީ އެމްޑީޕީގެ ވެރިކަމުގައި އަދި އިތުރު 10 އަހަރު ލިބިގެން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި މިރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރުމަށް އެމްޑީޕީން ގެންގުޅޭ ސިޔާސަތަކީ މުޅިން އެހެން ރާއްޖެއެއް ބިނާކުރުންކަމަށެވެ. އެމަސައްކަތުގައި މިހާރުވެސް ވަރަށް ބާރަށް މަސައްކަތް ކުރެވެމުންދާކަމަށެވެ. ނަމަވެސް އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަންޖެހިފައިވާކަމާށާއި، މިމަސައްކަތް ކުރެވޭނީ އެމްޑީޕީއަށް އަދި އިތުރު 10 އަހަރު ލިބިގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދިވެސް އުންމީދުކުރާ ޖަމްޕު އަދި ނުޖެހޭ. މިއަދުލާ އެންމެ ވޯޓަކުންވެސް އަދި މިކަން ނުވާނެ. އާންމު ހާލަތު ރަނގަޅުވުމަށް އެމްޑީޕީއަށް އަދި 10 އަހަރުގެ ވެރިކަމެއް ބޭނުންވޭ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ޕާޓީގެ ރައީސް، ރައީސް @MohamedNasheed ގެ ވާހަކަފުޅު ދެއްކެވުން ކުރިއަށްދަނީ
ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް @Rashid141221 ގެ ކެންޕެއިން ޖަލްސާ ފޯކައިދޫގައި ކުރިއަށް ދަނީ #VoteRashid#Agenda19 pic.twitter.com/e8cCg6dvI7
— MDP Secretariat (@MDPSecretariat) January 22, 2022
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ގެންނަން ބޭނުންވާ ތަރައްޤީއަކީ ކޮންކްރީޓް ތަރައްޤީ ގެނައުން ނޫންކަމަށެވެ. އެމްޑީޕީން ބޭނުންވާ ތަރައްޤީއަކީ އަބަދުވެސް މީހާގެ ޖީބަށް ވަންނަ ފައިސާ ކަމަށާއި އެކަން ނުކުރެވޭނަމަ ތަރައްޤީއެކޭ ކިޔުމުގެ ފުރުސަތެއް ނެތްކަމަށެވެ. އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ޖީބަށް ވަންނަމުންދާ ފައިސާ އިތުރު ކުރުމަށް ކަމަށާއި އެކަން އެމްޑީޕީން ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއިއެކު މިސަރުކާރުން ކުރާ އެންމެ މުހިންމު މަސައްކަތަކީ މަތީ ތައުލީމަށް ޚާއްސަ އިސްކަމެއް ދީގެން ކުރާ މަސައްކަތް ކަމަށާއި، ހިލޭ ޑިގްރީގެ ޕްރޮގުރާމަކީ މިސަރުކާރުން ހިންގާ އެންމެ ކާމިޔާބު އެންމެ ބޭނުންތެރި މަޝްރޫޢުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިހާރު މިނިމަމްވޭޖް ކަނޑައެޅި ކުޑައުޖޫރަ ލިބެމުންދިޔަ މީހުންނަށް ހަމަ އުޖޫރައެއް ލިބޭނެ ގޮތް ފަހިކޮށްދީފައިވާކަމަށެވެ.
އުމްރާނީ ބިނާތަކަކުން، އެއްވެސް ތަނެއްގެ ރައްޔިތެއް ތަރައްޤީ ވެދާނެކަމަށް، އާންމު ހާލަތު ބަދަލުވެދާނެކަމަށް ހީކުރުމަކީ ކުށްހީއެއް، ބޮޑިހިލައާއި، އެއްގަމު ތޮއްޓަކީ އަޅުގަނޑުމެން ދަންނަވާ ތަރައްޤީއެއްނޫން. ތަރައްޤީއަކީ މީހާއަށް އަންނަ ބަދަލު. އަންނަ ތަރައްޤީ. ބަލިވީމާ، ބޭސްކުރެވުން، ތައުލީމު ހޯދުން. އަޅުގަނޑުމެންގެ ތަރައްޤީއަކީ ޖީބަށްވަންނަ ފައިސާ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
މިޖަލްސާގައި ރައީސް ނަޝީދުވަނީ "އިންޑިއާ އައުޓް" ހަރަކާތަށްވެސް ފާޑުވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އިސްކޮށް ހުންވައިގެން އެކުރައްވަނީ ވަރަށް ނުރައްކާތެރި މަސައްކަތެއް ކަމަށެވެ. އެކަމުން ނިކުންނާނެ ނަތީޖާއަކީ ދިވެހި ރައްޔިތުންނަށް އެކަމުން ގެއްލުންތަކެއް ވުންކަމަށާއި، އެކަން އެނގިހުރި ކުރައްވާ މަސައްކަތަކަތުގައި ދިވެހި ރައްޔިތުން ބައިވެރި ނުވުމަށް ރައީސް ނަޝީދު ވަނީ ގޮވާލާފައެވެ.
ރައީސް ޔާމީން އެކުރައްވަނީ ވަރަށް ނުރައްކާތެރި ކަމެއް. ދުނިޔޭގެ އެންމެ ބޮޑު ބާރެއްގެ ގޮތުގައި އޮތް، އަޅުގަނޑުމެންގެ އެންމެ އަވަށްޓެރި ޤައުމާއި މޫނުކެނޑޭގޮތް ހެދުން. އޭގެ ނުރައްކާތެރިކަން އިންސާނީ ތަޖުރިބާ ޤައުމުތަކުގެ ހަޔާތުން ފެންނަން އެބަހުރި.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވިސްނަންވީ ދާއިރާ ތަރައްޤީކޮށް، ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ދާއިރާއަކަށް ހެދުންކަމަށެވެ. އަދި މިދާއިރާގެ ކުރީގެ މެމްބަރު މަރުހޫމް ހުސެއިން ވަހީދުގެ މަސައްކަތްޕުޅު ނިންމާލުމަށް ޖާގަލިބޭ ގޮތަކަށް ފުރުސަތު ދިނުންކަމަށެވެ. އެއީ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
4 Responses
ވަރަށް ބޮޑު ތެދެއް. ތަސްލާފައި ދީނުގެ މިނިވަންކަން ދީފިއްޔާ ރައްޔިތުން ރުޅި އައިސް ވެރިކަން ވައްޓާލަފާނެތީވެ މަޑުމަޑުން ކަންތައް މިބަދަލުކުރަނީ. އެންމެ މުހިއްމު ފިޔަވަޅު މިހާރު އެޅިއްޖެ. އެއީ ގޭދޮށު ޓުއަރިޒަމް. ދެން ްަްަްަްަްަްަްަްަް އެމީހެއްގެ ދީނުގެ އަޅުކަން ކުރުމުގެ މިނިވަންކަން ލިބޭނެ. އަދި 10 އަހަރު ލިބިއްޖެއްޔާ ފައްޅިވެސް އެޅޭނެ. ރަށްތަކުގައި ބާ ވެސް ހުންނާނެ
ކޮންމެ އެއްޗެކޭ ކިޔަސް މަކުނުތަކަކާ ހަވާލުކޮށްގެން މުޅިޤައުމު ވިކިގެންދާތަން ބަލާކަށް ދިވެހިންނެއް ނުތިބޭނެ.
ރާއްޖެ ލާދީނީ މަގަށް އަނބުރާ ލުމަށްޓަކައި އެމްާޕީއަށް 10 އަހަރު ވެރިކަންކުރަން ދޭކަށްނުޖެހޭ ވަރަށްވަރަށް ސާފް ސާފް
މަނިކުފާނުގެ ވިސްނުން ވަރަށް ސާފު ތެދެއް ރާއްޖޭގެ ހަރުމުދާވިއްކކާ ގައުމު ދަރުވާލާ ދިވެހިރައްޔަތުން ބިކަކޮށްލާ މިތަނުގާ ތަފާތު ދީންތަށް ފަތުރާ އިސްލާމްދީން ނެތކޮށްލުމަށް 10 އަހަރު ބޭނުންވާނެ މަކަރު ހިޔަޅު