ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ސަރުކާރުން އެއާޕޯޓު ހިންގަން ޙަވާލުކުރި، ޖީއެމްއާރު ކުންފުނިން ޤަވާޢިދާ ޚިލާފަށް އެއާޕޯޓުގައި ކުނި ވަޅުލާފައިހުރިތަނުގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީކުރީ ޖެޓު ޕާކުކުރެވޭނެތަނެއްކަމަށާއި، އެކަމުގެ ފައިދާ މިއަދު ފެންނަކަމަށް ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާއި ގުޅިގެން ބަންދުކުރި ބޯޑަރުތައް އަލުން ހުޅުވާލާ ރާއްޖޭގެ ފަތުރުވެރިކަނ އަލުން ފަށައިގަނެ ކުރިއަރަމުންދާއިރު، ގިނަ ޢަދަދެއްގެ ޖެޓުތައް ވަނީ ރާއްޖެ އަންނަން ފަށާފައެވެ.

އެގޮތުން އެއަރޕޯޓްގައި ގިނަ ޢަދަދެއްގެ ޖެޓުތައް ޕާކުކޮށްފައިވާ ފޮޓޯއަކާއި، ޖީއެމްއާރު ކުންފުނިން އެސަރަހައްދުގައި ވަޅުލާފައިވާ ކުނިތައް ނަގަމުންދާ ފޮޓޯއއަކާއެކު ކުރެއްވި ޓްވީތެއްގައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޖީއެމްއާރުން ކުނިތައް ވަޅުލާފައިވާތަނުން ކުނިތައް ނަގާ ސާފުކޮށް ރައިސް ޔާމީން އެތަނުގައި ޖެޓު ޕާކުކުރެވޭނެ ސަރަހައްދެއް ބިނާކުރީކަމަށެވެ.
މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓޤގައި މީގެ ކުރިން ޖީއެމއާރު ކިޔާ ކުންފުންޏަކުން ކުނި ވަޅުލާފަވާތަނެއް. ރައީސް ޔާމީންގެ ސަރުކާރުން މިތަނުގެ ކުނި ނެގުމަށްފަހު ގުޅުލޭ އިތުމަތީ ޖެޓު ޕާކުކުރާ ސަރަޙައްދެއް ބިނާކުރީ. މި ޕޮޓޯއިން ފެންނަ ގޮތުގައި 21 ޕްރައިވެޓް ޖެޓު އެތަނުން އެބަ ފެނޭ
-ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
Miee Velana International Airport ga meege kureen GMR kiyaa kunfunnakun kuni valhulaafa vaathaneh. RY ge sarukaarun mithaange kuni negumaffahu hulhuley irumathee jet park kuraa sarahahdheh binaakuree. Mi photo in fenna gothugai 21 private jet ethanun eba feney. pic.twitter.com/aQSKeVY3a4
— Mohamed Saeed (@em_saeed) November 6, 2020
ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ޙަވާލުކުރި، އިންޑިއާގެ ޖީއެމްއާރު ކުންފުނިން ޤަވާޢިދާ ޚިލާފަށް އެއާޕޯޓުގައި ވަޅުލާފައިވާ ގިނަ ޢަދަދެއްގެ ވަޅުލާފައި ހުއްޓެވެ. ކުނިތައް ފެނި، ޖީއެމްއާރުން ހިންގާފައިވާ ޤަވާއިދާ ޚިލާފު މިޢަމަލު ފަޅާއަރާފައިވަނީ އެއާޕޯޓުގެ އާ ރަންވޭ އުޅުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ މަސައްކަތެއްގައި ކޮންނަމުންދަނިކޮށެވެ. އެއާޕޯޓުގެ ކުނި ނައްތާލުމުގެ ޤަވާއިދަ ޚިލާފަށް ޖީއެމްއާރުންވަނީ މިސަރަޙައްދުގައި ބޮޑެތި އެއްގަމު އުޅަނގުފަހަރުވެސް ކުނީގެގޮތުގައި ވަޅުލާފައެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ދިވެހި ދައުލަތަށް ގެއްލުންވާގޮތަށް ޖީ.އެމް.އާރު ކުންފުންޏަށް ކުއްޔަށްދީފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުންނެވެ.
ނަޝީދުގެ ވެރިކަމަށްފަހު މިކަމުގެ އެގްރީމެންޓު ދިވެހިސަރުކާރުން އުވާލުމާގުޅިގެން، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ހޯދުމަށް ޖީއެމްއާރުން ދިވެހި ދައުލަތުގެމައްޗަށް ދައުވާކުރިއެވެ. އެހެންނަމަވެސް މިމައްސަލަ ބެލި ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމީ، ދިވެހި ސަރުކާރުން ޖީ.އެމް.އާރު ކުންފުންޏަށް ދޭން ޖެހޭނީ 250 މިލިއަން ޑޮލަރު ކަމަށެވެ.
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ޖީ.އެމް.އާރު ކުންފުންޏަށް ކުއްޔަށްދީފައިވަނީ 28 ޖޫން 2010 ގައެވެ. އެގްރީމެންޓް ނިމުމަކަށް ގެނެސްފައިވަނީ 27 ނޮވެމްބަރު 2012 ގައެވެ.
ކޮމެންޓު ފޮނުވާ