އެދެނީ ރައީސް ޞާލިހަށް އަވަސް ޝިފާއެއް: މޯދީ

އެދެނީ ރައީސް ޞާލިހަށް އަވަސް ޝިފާއެއް: މޯދީ

Author
މުޙައްމަދު ޝަޒައިމް
22 ޖެނުއަރީ 2022 05:14
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކޯވިޑަށް ޕޮޒިޓިވްވި ޚަބަރު ލިބުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައީސް ޞާލިހަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.

ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރައްވާ ރައީސް ކުރެއްވި ޓްވީޓްގައި ވަނީ ކޯވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ އަތޮޅުތެރެއަށް ދަތުރުފުުޅު ކުރެއްވުމަށް ރޭގެ ވަގުތެއްގައި ޓެސްޓް ހެއްދެވުންކަމަށެވެ. އަދި ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަހެރިވެވަޑައިގެންފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޯވިޑަށް ޕޮޒިޓިވްވި ޚަބަރު ލިބުމާއިއެކު މޯދީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ސޯލިހުއަށް އަވަސް ޝިފާއަކަށް އަދި ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވާ ކަަމަށެވެ. އަދި އެމަނިކުފާނުގެ ހެޔޮ އެދުންތައް ވަނީ ދިވެހި ރައްޔިތުންނާއެކުގައި ކަމަށާއި، ކޯވިޑް-19އާއި ގުޅިފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ދިވެހި ރައްޔިތުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް މޯދީ ވިދާޅުވިއެވެ. މީގެއިތުރުން، ރައީސް ސޯލިހު ކުރައްވާ މަަސައްކަތަށް އިންޑިއާއިން އަބަދުވެސް އެހީތެރިވާނެކަމުގެ ޔަގީންކަންވެސް މޯދީ ވަނީ އަރުވައިފައެވެ.

ރައީސް ސާލިހު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމަނިކުފާނު ފޯކައިދޫއަށް މިއަދު ވަޑައިގަތުމަށް އޮތީ ހަމަޖެހިފައެވެ. މީގެކުރިން ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލީ
މާމޮޅު ހަބަރަކައް ތިޔަ ލިޔުނީ ގެރި ކަލާންގެ ކިބައިން އިބޫ ސާލިހް އަށް ސިފާ ދިނުމައް އެދި ގެރި މޯދީ ދުވާކުރި ވާހަކަ