ސަލްމާންގެ "މޭ ޗަލާ" ކަމުދޭތަ؟

ސަލްމާންގެ "މޭ ޗަލާ" ކަމުދޭތަ؟

Author
ފާތިމަތު ނާވީ
23 ޖެނުއަރީ 2022 06:32
0

ސަލްމާން ޚާނަކީ އަބަދުވެސް އޭނާގެ ފޭނުންނަށް ސަޕްރައިޒް ދޭ ތަރިއެކެވެ. އަބަދުވެސް ފޭނުންގެ ޝައުގުވެރިކަން އެއްގޮތަކުން ނޫނީ އަނެއްގޮތަކުން އޭނާ ހޯދައެވެ.

އެގޮތުން ސަލްމާން މިވަނީ އަނެއްކާވެސް ފޭނުންނަށް ހަދިޔާއެއް ދީފައެވެ. މިފަހަރުގެ ހަދިޔާ އަކީ ސަލްމާންގެ ލަވައެކެވެ.

ލަވައިގެ ނަމަކީ "މޭ ޗަލާ"އެވެ. ސަލްމާނާއި ޕްރަގްޔާ ޖޭސްވާލް ފެނިގެންދާ މިލަވަ ކިޔާފައިވަނީ ގުރޫ ރަންދާވާ އާއި ލޫލިއާ ވަންތޫރެވެ.

ލޫލިއާ އަކީ ސަލްމާންގެ ލޯބިވެރިޔާކަމަށް ބުނާ ރޯމެނިއާގެ ލަވަކިއުންތެރިއެއް، އެކްޓަރެއް އަދި މޮޑެލެކެވެ.

3 މިނިޓްގެ މި ލަވައަކީ ލޯބީގެ ލަވައެކެވެ. މި ލަވައަކީ ގުރޫ އާއި ލޫލިއާ އެކުގައި ކިޔަފައިވާ ފުރަތަމަ ލަވައެވެ. މި ލަވައިން ސަލްމާނާއި ޕްރަގްޔީގެ އިތުރުން ދެ ލަވަކިއުންތެރިންވެސް ފެނިގެން ދެއެވެ.

ލަވަ ނެރެފައިވަނީ ޓީ ސީރީޒްގެ ލޭބަލްގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.