އެމްޑީޕީއާއި ދެކޮޅަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާނަށް ގޮތެއް ނުނިންމެވޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރާއީ މިފަދައިން ވިދާޅުވީ ކޮމަންޑު ދާއިރާގެ ބައި-އިލެކްޝަންގައި އަދާލަތު ޕާޓީން ތާއީދު ކުރާނެ ކެންޑިޑޭޓަކު މިއަދު ނިންމެވުމަށް ހަމަޖެހިފައި ވަނިކޮށެވެ. އެބައްދަލުވުން މިއަދު ހަވީރު 16:15 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަދާލަތަށް މިއިންތިޚާބުގައި އެމްޑީޕީއާއި ދެކޮޅަށް ގޮތެއް ނުނިންމެވޭނެ ކަމުގެ ޔަގީންކަން ރާއީވަނީ ދެއްވާފައެވެ. ނަމަވެސް އެއީ ކޮން ސަބަބަކާއި ހެދިކަމެއް ރާއީ ވިދާޅުވެއް ނުވެއެވެ.
އެމްޑީޕީއާއި ދެކޮޅަށް ޝައިޚު އިމްރާނަށް ގޮތެއް ނުނިންމެވޭނެ، މި ބައި-އިލެކްޝަންގެ ކަންތަކާއި މެދު މިއަދުގެ އޭޕީގެ ނިންމުން މިކަމަށް ހެކިވާނެ.
– ރާއީ ވިދާޅުވިއެވެ.
ޕީޕީއެމުން @ShimranAb ނޯ ކޮންފިޑެންސަށްް މަޖްލިސް އަށް ވެއްދުމުން، ވަޒީރު އެކަމުން ސަލާމަތް ކޮށްދިނީ MDPގެ މަޖްލިސް މެމްބަރުން، ކޯލިޝަން އަދި އިތުރު ބަޔަކުވެސް ނޫން، ވީމާ މިނިސްޓަރު@AhmedZahirAli , އުޅުއްވާ ގޮތަށް ކެމްޕޭންގައި އުޅުންވުން ބުއްދިވެރި. ???? https://t.co/dzfHkPJH6e
— Mohamed Raee / Makunudhoo Constituency (@Mraee12) January 22, 2022
ރާއީ ވަނީ މީގެކުރިންވެސް، އެކި ފަހަރުމަތީން އަދާލަތު ޕާޓީއަށާއި، މިނިސްޓަރ އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އިމްރާނަކީ އަމިއްލަ ވަޒީފާގެ ދިފާއުގައި ކޮންމެ ފަދަ ކަމެއްވެސް ކުރައްވަފާނެ ބޭފުޅެއްކަމަށް ވިދާޅުވެފައެވެ.
އަދާލަތުން ރަސްމީކޮށް ތާއިދުކުރާނެ ކެންޑިޑޭޓެއް އަދި ނުނިންމިއަސް، އަދާލަތު ޕާޓީގެ ސްލޮޓެއްގައި އިސްލާމިކް މިނިސްޓަރަށް ހުންނެވި ޑރ. އަހުމަދު ޒާހިރު އަލީ ގެންދަވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ ކެމްޕޭނުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީވެސްވެސް ވަނީ މިއިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ކުރުމަށް ނިންމާފައެވެ. ނަމަވެސް އެމްއާރުއެމްއިން ތާއީދު ކުރާނެ ކެނޑިޑޭޓެއް ހާމަކޮށްފައި ނުވެއެވެ. މިއިންތިޚާބުގައި އެމްޑީޕީއަށް އޮތް އެންމެބޮޑު ހުރަހަކީ އިދޮކޮޅު ޕީޕީއެމްއެމްއެވެ. އެޕާޓީން ނެރެފައިވާ ކެނޑިޑޭޓަށް ބޮޑު ތާއީދެއް ކޮމަންޑު ދާއިރާގައިއޮތްއިރު، އިންތިޚާބު ކާމިޔާބު ކުރުމަށް، ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް ކުއްލިއަކަށް އެއްފަހަރާ ކޮމަންޑު ދާއިރާގައި ފަށާފައެވެ.
ކޮމެންޓު ފޮނުވާ