ސަރުކާރަކަށް ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް ކަމެއް ކުރެވޭ ތަނެއް ނުފެނަ ކަމުގައި މާލެ ސިޓީ މޭޔަރު ކަމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
މާލެއަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ތަކުރާރުކޮށް ވާހަކަ ދައްކަވައި އެކަންކަމަށް ހައްލު ގެނެސް ދެއްވުމަށް މަސައްކަތް ކުރައްވަމުންދާ އަލްހާން ވިދާޅުވީ މާލޭގައި މިއަދު ދިރިއުޅެމުންދާ އެތައްހާސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އާދަޔާއި ޚިލާފަށް ދަށްވެ، ރައްޔިތުން ނިކަމެތި ވަމުންދާކަމަށެވެ. ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތައް ފުއްދޭވަރުވެސް ނެތި މިއަދު އާންމު ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާކަމަށް އަލްހާން ވިދާޅުވިއެވެ.
ސަރުކާރެއް އޮތުމުގެ އެންމެބޮޑު ބޭނުމަކީ ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތައް ފުއްދައި، ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުންކަ މުގައިވާއިރު، މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރެވޭތަން ނުފެންނަ ކަމަށް އަލްހާން ވިދާޅުވިއެވެ. މިއީ މިއަދު މާލޭގައި ދިރިއުޅެމުންދާ އެތައްހާސް ރައްޔިތުންގެނެއްގެ ޝަކުވާއެއްކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.
މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އާދަޔާ ޚިލާފަށް ދަށްވެ، ގިނަ ބަޔަކަށް ޟަރޫރީ ބޭނުންތައް ނުފުދި ވާކަމީ ހިތާމަކުރާ ކަމެއް!
ސަރުކާރަކަށް ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް ކަމެއް ކުރެވޭ ތަނެއް ނުފެނޭ! pic.twitter.com/alYMumKv7N— ????? ????? – ?? (@AlhanFahmy) November 6, 2020
ކޯވިޑް-19 އާއި ގުޅިގެން މާލޭގެން ކުރިމަތިވަމުންދާ އިޤްތިޞާދީ ގޮންޖެހުންތަކާއިއެކު ގިނަ ބަޔަކަށް ދަނީ މިކަމުގެ އަސަރު ކުރަމުންނެވެ. އިޤްތިޞާދީ ދަތިތަކާއި ގުޅިގެން މާލޭގައި ދިރިއުޅެމުންދާ އަތޮޅުތެރޭގެ އެތައް އާއިލާއެއް މިހާރުވެސް ވަނީ މާލޭގައި އުޅެވޭނެ ވަރުގެ ތަނަވަސްކަމެއް ނުލިބޭތީއާއި، އާމްދަނީ ލިބޭނެ ގޮތްތަކެއް ނެތުމުން އަމިއްލަ ރަށަށް ބަދަލުވެފައެވެ.
ކޮމެންޓު ފޮނުވާ