ދިގުރަށުގައި ބެހެއްޓި ސްޓެވޯގެ ޖަނަރޭޓަރުސެޓުގެ ބޭނުންކުރަން ފަށައިފި

ދިގުރަށުގައި ބެހެއްޓި ސްޓެވޯގެ ޖަނަރޭޓަރުސެޓުގެ ބޭނުންކުރަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
21 ޖެނުއަރީ 2022 07:53
0

އދ. ދިގުރަށުގައި ބެހެއްޓި ސްޓެވޯގެ ޖަނަރޭޓަރުސެޓުގެ ބޭނުންކުރަން ފަށައިފިއެވެ.

މިޖަނަރޭޓަރު ސެޓަކީ ސްޓެލްކޯގެ ވޯކްޝޮޕުން އެންމެ އެސެމްބަލް ކުރި ސްޓެވޯ ބްރޭންޑްގެ STW600 މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ. ސްޓެލްކޯއިން ބުނެފައިވަނީ މިޖަނަރޭޓަރު ސެޓާއިއެކު މިހާރު ދިގުރަށުގެ ކަރަންޓުގެ ކެޕޭސިޓީ 918kW އިން 1518kW އަށް ވަނީ އިތުރު ކުރެވިފައިވާކަމަށެވެ.

ސްޓެލްކޯގެ ވޯކްޝޮޕުންވަނީ 3 މޮޑެލްއެއްގެ ޖަނެރޭޓަރު ރާއްޖޭގެ ބާޒާރަށް ނެރެފައެވެ. މީގެތެރޭގައި ހިމެނެނީ STW300, STW600 އާއި STW800 އެވެ. ސްޓެލްކޯއިން މިހާރުވަނީ މިބްރޭންޑުގެ ޖަނަރޭޓަރަށް އޯޑަރު ދިނުމަށް ހުޅުވާލާފައެވެ. މި ޖަނަރޭޓަރު ގަންނަ ފަރާތްތަކަށް އެކުންފުނިން އިތުރު ޚިދުމަތްތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން ކޮންމެ ޖަނަރޭޓަރު ސެޓަކާއެކު ލޯކަލް ވޮރަންޓީއަކާއި އަފްޓަރ ސޭލްސް ސަރވިސްގެ އިތުރުން ބޭނުންވާ ފަރާތްތަކަށް ޖަނަރޭޓަރު އިންސްޓޯލްކޮށްދިނުމުގެ ޚިދުމަތް ދިނުމަށް އެކުންފުނިންވަނީ ނިންމާފައެވެ. ހަމައެއާއެކު ޖަނަރޭޓަރަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ ޖަނަރޭޓަރަށް ބޭނުންވާ ސްޕެއަރގެ ބައިތައް ސްޓެލްކޯގެ އިންޖިނިއަރުން ގޮސްގެން ބަދަލުކޮށްދިނުމުގެ ޚިދުމަތްވެސް ދޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ސްޓެލްކޯއިން ތަޢާރަފްކޮށްފައިވާ ޖަނަރޭޓަރަކީ ރާއްޖެއަށް ބޭރުން އެތެރެކުރާ ޖަނަރޭޓަރުތަކާ އެއްފެންވަރަކަށް ސްޕެއަރތައް ރާއްޖެއަށް ގެނެސްގެން ސްޓެލްކޯގެ އިންޖިނިއަރުން އެސެމްބަލްކުރާ ޖަނަރޭޓަރުތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.