ޔާމީން ރަޝީދު މަރާލިކަމުގެ ކުށް ދެމީހުންގެ މައްޗަށް ސާބިތުވާކަމަށް ޙުކުމްކޮށްފި

ޔާމީން ރަޝީދު މަރާލިކަމުގެ ކުށް ދެމީހުންގެ މައްޗަށް ސާބިތުވާކަމަށް ޙުކުމްކޮށްފި

Author
މުޙައްމަދު ޖިމީ
19 ޖެނުއަރީ 2022 04:52
0

ބްލޮގަރަ ޔާމީން ރަޝީދު މަރާލިކަމުގެ ކުށް ދެ މީހުންގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ. ޔާމީން މަރާލިކަމަށް ކުށް ސާބިތުވާކަމަށް ޙުކުމްކުިރީ ހައިޝަމް ރަޝީދު އަދި ޒިދާން އިސްމާއިލްގެ މައްޗަށެވެ.

2017ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23ވަނަ ދުވަހުގެ ރޭ ދަންވަރު ޔާމީން ރަޝީދު މަރާލާފައިވަނީ އޭނާ ދިރިއުޅުނު މ.ސްޕެޓިއުލާގޭގެ ސިޑިގޮޅި ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. މި މައްސަލާގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ، ހ.އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއިލާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ.ކުދެހިގޭ ހަސަން ޝިފާޒާއި، މ.ތާއިފް އިސްމާއިލް ރަޝީދާއި މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. މި 6 މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

މީގެ ތެރެއިން ކުށް ސާބިތުވީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. ދެން ތިބި މީހުންނަށް ކުށް ސާބިތެއް ނުވިއެވެ.

ޔާމީން ރަޝީދު ދިރިއުޅޭ ގޭގެ ސިޑި ގޮޅީގަ އޭނާގެ ގައިގެ 30 ތަނަކަށް ވަޅި ޖަހާ މަރާލީ ހައިޝަމާއި ޒިހާން ކަމަށާއި، އެވަގުތު އެގޭގެ ބޭރުގައި ފާރައަށް ހުރީ ދަޢުވާލިބޭ އިސްމާއިލް ރަޝީދު ކަމަށް ދައުލަތުން ވަނީ ޝާރީއަތުގައި ބުނެފައެވެ.

ރަހުމްކުޑަ ގޮތަކަށް ތޫނު އެއްޗަކުން ހަމަލީ ބްލޮގަރ ޔާމީން ރަޝީދު މަރާލިތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޔާމީން ރަޝީދު މަރުގެ މައްސަލައިގެ ޝަރީއަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކުރާ ކޮމިޝަނުން މިދިޔަ އޭޕްރީލް މަހުގެތެރޭގައިވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.