މިއީ ކުރީ ފަހަރުތަކަށްވުރެ މާނުރައްކާ ބޮޑު ވޭވަކަށް ވާނެ: ޑރ.އަފްޒަލް

މިއީ ކުރީ ފަހަރުތަކަށްވުރެ މާނުރައްކާ ބޮޑު ވޭވަކަށް ވާނެ: ޑރ.އަފްޒަލް

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2022 09:33
0

ކޯވިޑް-19ގައި ރާއްޖެއިން މިހާތަނަށް ތަޖުރިބާ ކޮށްފައިވާ 3 ރާޅަށްވުރެ މިފަހަރު ނަގާފައިވާ ރާޅު މާބޮޑަށްވެސް ނުރައްކާވާނެ ކަމަށް އެޗްޕީއޭގެ އެޕިޑިއޮމޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒާލް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ކޯވިޑްގެ 4ވަނަ ޕީކާ ކުރިމަތިވިއިރު ބަލި ޖެހޭ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް މަތިވެ، އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއް ދުހަހަށް އިތުރު ވަމުންނެވެ. ރާއްޖޭގައި މިހާރުވެސް 40 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުވަނީ 8،000 އަށް ވުރެ މަތީގައެވެ.

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަ ދައްކަވަމުން ޑރ.އަފްޒަލް ވިދާޅުވީ ކޯވިޑްގެ މިވަގުތުގެ ޙާލަތު ވަރަށް ގޯސްކަމަށެވެ. ޑރ.އަފްޒަލް ވިދާޅުވީ، މި މަސް ނިމިގެންދާއިރު ކޭސްތައް ވަރަށް ބޮޑަށް މަތިވެގެންދާނެކަމަށް ބެލެވޭކަމުގައެވެ.

3ޕީކަކާ ކުރިމަތިލައިފި. މިހާރު 4ވަނަ ވޭވްއެއް މި އައީ. ކުރިއަށް ލަފާކުރާގޮތުން ދައްކަނީ، މިއީ ކުރީ ފަހަރުތަކަށްވުރެ މާ ބޮޑު ނުރައްކާ ވޭވަކަށް ވާނެކަމަށް. އެންމެ ފަހުގެ ޕީކްގައި 1މަހަށް ދެމިގެންދިޔަ. ނަމަވެސް މިފަހަރު ކުރިއަށްވުރެ ބަލި ޖެހޭ މީހުން އިތުރުވާނެކަމަށް ލަފާކުރެވޭތީ މި ވޭވް މަހަކަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެކަމަށް ލަފާކުރެވެނީ.

– ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޑރ.އަފްޒަލް ވިދާޅުވީ އޮމިކްރޯން ވޭރިއަންޓްގައި، ބަލީގައި ބޮޑުވަރުވެ އެޑްމިޓްކުރަންޖެހޭ ޙާލަތަށް ދާ މީހުން މަދުކަމަށެވެ. ނަމަވެސް ނިސްބަތުން އެހާ ގިނަ ބަޔަކު އެއްފަހަރާ ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ، ހޮސްޕިޓަލްތަކަށްވެސް ބާރު ބޮޑުވެގެން ހިނގައިދާނެކަމަށެވެ.

ކޯވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އަތޮޅުތަކަށް ދަތުރުކާ މީހުން ކޯވިޑް ޓެސްޓުކުރުންވަނީ މަޖުބޫރުކޮށްފައެވެ. އަދި މާލޭ ސަރަޙައްދުގައި އެންމެ ގިނައިން އެއްވެ އުޅެވޭނެ މީހުންގެ އަދަދު 50އަށް ކަނޑައެޅުމާއި މަގުމަތީ ބާޒާރާއި މީހުންނަށް ކުޅިބަލަން ވަދެވޭގޮތަށް ކުޅިވަރު ހަރަކާތްތައް ބޭއްވުންވަނީ މަނާކޮށްފައެވެ.

4ވަނަ ޕީކާ ކުރިމަތިވިއިރު މަންޒަރު މިވަނީ މުޅިން ބަދަލުކޮށްލާފައެވެ. މާލެއެކޭ އެއްގޮތަށް އަތޮޅުތަކުން ފެންނަ ކޭސްތައް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ރަށުތެރެއިން ކޭސްތައް ފެނި 13 ރަށެއް މިވަގުތުވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައްޔަ
ކުރީ ފަހަރަށް ވުރެ ފައިދާވެސް ބޮޑުވާނެ