2019ވަނަ އަހަރު ނިމި 2020 ވަނަ އަހަރުގެ ފެށުމާއެކު މުޅި ދުނިޔޭގައި ފެތުރެންފެށި ކޯވިޑް19 އާއި ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ކުރަމުންދާ ހަގުރާމަ 2 އަހަރާއި ގާތަށް ދަތުރު ކޮށްފައިވާއިރު، މިހާރު މުޅި ދުނިޔޭގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން މެޖޯރިޓީ މީހުންނަކީ، 2021ވަނަ އަހަރު އާންމު ވެގެންދިޔަ ކޯވިޑް19 ޑެލްޓާ ވޭރިއެންޓާއި އަދި އެވޭރިއެންޓަށްފަހު އާންމު ވެގެން ގޮސްފައިވާ މިވައިރަހުގެ ދަރިފސްކޮޅަށް ނިސްބަތްވާ އެހެން ވޭރިއެންޓްތަކެވެ.
އަދި ދުނިޔޭގެ ދިރާސާކުރާ ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ޑެލްޓާ ވޭރިއެންޓްގެ ދަރިފަސްކޮޅާއި ގުޅުންހުރި ވޭރިއެންޓްތައް އެންމެ ފަހުން މުޅި ދުނިޔޭގައި ކޯވިޑް ފެތުރެމުންދާ ދިއުމުގެ އަސްލަކަށް ވެގެން ދާނެއެވެ.
އެހެންނަަމަވެސް، ދުނިޔޭގެ ދިރާސާ ކުރާ ފަރާތްތަކާއި އަދި ސައިންސްވެރިން ޖެހި މި ހިސާބުތަކަށް ބޮޑު ބަދަލެއް ގެނުވި ވޭރިއެންޓަކަށް ވެގެން ދިޔައީ ފާއިތުވެދިޔަ 2021ވަނަ އަހަރު ނިމެމުން ދަނިކޮށް ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު އޮމިކްރޮން ވޭރިއެންޓެވެ.
"އަހަރެން ގިނަ މީހުން ހީކޮށްގެން ތިބީ، ދެން ފެނިގެންދާނެ އާދަޔާ ޚިލާފު ވޭރިއެންޓަކަށް ވެގެން ދާނީ ޑެލްޓާ ވޭރިއެންޓް ދަރިވަރެއް ކަމަށް،" އިނގިޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އޮކްސްފޯޑުގެ ވައިރަލް އިވޮލިއުޝަން ސްޕެޝަލިސްޓް އަރިސް ކަޒޮރަކިސް ވިދާޅުވެފައި ވެއެވެ.
އޮމިކްރޮން ވޭރިއެންޓް އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ، އެފްރިކާ ބައްރުގެ ދެގައުމު ކަމުގައިވާ ބޮޓްސްވާނާއާއި ސައުތު އެފްރިކާގެ ސިއްޙީ މާހިންރުންގެ ޓީމްތަކަށެވެ. އަދި މި ޓީމްތަކަށް މި ވޭރިއެންޓް އެންމެ ފުރަތަމަ މި ގައުމުތަކުން ފެނިގެން ގޮސްފައިވި ނަމަވެސް، ދިރާސާ ކުރާ ފަރާތްކުން ބުނަމުން ދަނީ، މި ގައުމުތަކުން މި ވޭރިއެންޓް އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވި ނަމަވެސް، މިއީ މި ވޭރިއެންޓް ވުޖޫދުވެގެން އައި ގައުމުތައް ކަމުގައި ނުވެދާނެ ކަމަށެވެ.

އެހެންނަމަވެސް ދުނިޔޭގެ ސިއްޙީ އޮފިޝަލުންވަނީ، ދެކުނު އެފްރިކާގައި އާދަޔާއި ޚިލާފަށް ވައިރަސް ފެތުރެމުން އައި ސަރަހައްދެއް ކަމުގައިވާ އެގައުމުގެ ގޯޓެންގ ޕްރޮވިންސާއި ގުޅުން އޮންކަމަށް ބުނަމުން އައިސްފައެވެ.
އޮމިކްރޮން ވޭރިއެންޓަކީ އަސްލު ވައިރަހުގެ ސްޕައިކް ޕްރޮޓީން (ހަށިގަޑުގެ ދިފާޢީ ނިޒާމުގެ އެންޓި ބޮޑީތަކާއި ގުޅިގަތުމަށް ވައިރަސް ބޭނުން ކުރާ ބައިތައް)އަށް އައިސްފައިވާ 30 ބަދަލުގެ މައްޗަށް އެކުލެވިގެންވާ ވޭރިއެންޓްކެވެ. އަދި މީގެ ތެރޭގައި ހިމެނޭ ގިނަ ސްޕައިކް ޕްރޮޓީން ތަކަކީ، ކޯވިޑް19ގެ ގިނަ ވޭރިއެންޓްތަކުން ހިސްކުރާ ސްޕައިކް ޕްރޮޓީންތަކެވެ.
އޮމިކްރޮން ވޭރިއެންޓް އާދަޔާ ޚިލާފަށް ބާރަށް ފެތުރެމުން ދިއުން
އޮމިކްރޮން ވޭރިއެންޓް ދެކުނު އެފްރިކާގައި އާދަޔާ ޚިލާފަށް ބާރަށް ފެތުރި އަދި، ބާރު ދުވެލީގައި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމްންދާ ދިއުމަކީ، އޮމިކްރޮން ވޭރިއެންޓަކީ ޑެލްޓާ ވޭރިއެންޓަށްވުރެއް ސިއްހަތު ރަގަޅު އަދި ބުންވަރުވެސް ހުރި ވޭރިއެންޓެއްކަން ދަލީލު ކޮށްދޭ ހެކިތަކެވެ.
އަދި، ޑެލްޓާ ވޭރިއެންޓަށް ލިބިގެން ގޮސްފައިނުވާ ބައެއް ގާބިލްކަމާއި ގުޅުންހުރި ބައެއް މިއުޓޭޝަންތައް (އަސްލު ވައިރަހަށް އައިސްފައިވާ ބަދަކުތައް) އޮމިކްރޮން ވޭރިއެންޓުގައި ހިމެނޭކަމަށް ބެލްޖިއަމް ކެތަލިކް ޔުނިވަރސިޓީ އޮފް ލުއެވެންގެ އިވޮލިއުޝަނަރީ ބައޮލޮޖިސްޓް އަދި ބައޯސްޓެޓީޝިއަން ޓޮމް ވެންސެލަރސް ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް ދުނިޔޭގެ ސައިސްޓުންނާއި އަދި ދިރާސާ ކުރާ ގިނަ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި، ޑެލްޓާ ވޭރިއެންޓްގެ މައްޗަށް އޮމިކްރޮން ކުރި ހޯދާ، އަދި މި ވޭރިއެންޓް އާދަޔާ ޚިލާފަށް ބާރަށް ފެތުރެން މުދުވެރިވި ހަގިގީ ސަބަބަކީ، ވެކްސިންގެ ޒަރީއާއިންނާއި އަދި ބައްޔަށް ޕޮޒިޓިވް ވުމުގެ ސަބަބުން ޑެލްޓާ ވޭރިއެންޓަށް ޕޮޒިޓިވް ވެފައިވާ މީހުންނަށްވެސް ބަލި ޖައްސާ ދިނުމުގައި އޮމިކްރޮން ވޭރިއެންޓަށް ލިބިގެން ދިޔަ ކުޅަދާނަ ކަމެވެ.
ހަމަ މިއާއިއެކު، ދުނިޔޭގެ ގިނަ ސައިންސްވެރިން އަދިވެސް ފާހަގަ ކުރާ ގޮތުގައި މި ވޭރިއެންޓްގެ އަސްލު ހަގީގަތް ދެނެގަތުމަށް އަދިވެސް ހަފްތާތަކެއް ހޭދަވެގެން ދާނެއެވެ. އެހެންނަަމެވެސް، އިންސާނުންގެ ހަށިގަޑުގެ ދިފާއީ ނިޒާމްތައް ފޫއަޅުވާލާ ވައިރަސް ފެތުރެމުން ދާނަމަ، ކޯވިޑް19 ޖައްސާ SARS-CoV-2 ވައިރަހަށް މުސްތަގުބަލުގައި އަދުވެދާނެ ނުވަތަ އަންނާނޭ ބަދަލުތަކެއް އަންދާޒާއެއް ކޮށްލުމަކީ ކުރެވިދާނެ ކަމެއް ކަމުގައި، އެމެރިކާގެ އިލިއޮނިސްގެ ޔުނިވަރސިޓީ އޮފް ޗިކާގޯގެ އިވޮލިއުޝަނަރީ ބައޮލޮޖިސްޓް ސާރާ ކޮބޭ ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވާ ގޮތުގައި، ވައިރަސްތަކަށް ބަދަލުތައް އަންނަމުންދާ މަގުމަތީގައި، އަދި ހަށިގަޑުގެ ދިފާއީ ނިޒާމްތައް ފަހަނަ އަޅާ ގޮސް، އެކަކުގައިން އަނެކަކު ގަޔަށް ފަސޭހައިން ވާސިލްވުމުގައި، މިގޮތުން ފަހުން އުފެދޭ ވޭރިއެންޓްތަކަށް ލިބިގެންދާ ގާބިލް ކަމަކީ، ނޭވާލާ ނިޒާމުތަކަށް ބަލި ޖައްސާދޭ ވައިރަސްތަކުން ފެނިގެން ގޮސްފައިވާ އާންމު ސިފައެއް ކަމުގައެވެ. މިގޮތުން، އެއް މިސާލަކީ އިންފުލުއެންޒާއެވެ.
"ވައިރަހަކަށް އާ އެޕިޑަމިކް (ވަކި ގައުމުތަކެއްގައި ނުވަތަ މުޖުތަމަޢުތަކެއްގައި ބަލި ފެތުރެމުން ދާ ހާލަތްތައް) އެއްގެ ހާލަތު ވުޖޫދު ކުރުމަށް އޮތް އެންމެ ފަސޭހަ މަގަކަށް ވެގެން ދަނީ ބަދަލުވަމުންދާ ހާލަތާއި އެކީ، ދިފާޢީ ނިޒާމުތައް ފޫއަޅުވާލުމުގެ ގާބިލްކަން ލިބިގެން ދިއުން، އަދި މިއީ އެކި މޫސުމްތަކުގައި ފާހަގަ ވެގެންދާ ކޮރޯނާ ވައިރަސްތަކުން ފާހަގަ ވާން ހުރި އެއް ސިފައެއް،" އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރިޕިކަލް މެޑިސިންގެ މެތަމެޓިކަލް އެޕިޑެމޮލޮޖިސްޓް އާދަމް ކުޗާރަސްކީ ވިދާޅުވެފައި އެވެ.
މިއަހަރު ތެރޭ ޕެންޑަމިކްގެ ހާލަތަށް ނިމުން އަންނާނެ!
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާ ކުރާ ގޮތުހައި މިހާރު މިއޮތް ކޯވިޑް19ގެ ޕެންޑަމިކް (މުޅި ދުނިޔޭގައި ކާރިސާއެއް ފަދައިން ފެތުރެމުންދާ އާންމު ރޯގާގެ ހާލަތު)ގެ ހާލަތަށް ނިމުން އައިސް، ކޯވިޑް19ގެ ހާލަތު އެޕިޑަމިކް (ވަކި ގައުމުތަކެއްގައި ނުވަތަ މުޖުތަމަޢުތަކެއްގައި ބަލި ފެތުރެމުން ދާ ހާލަތްތައް)ގެ ހާލަތަށް ބަދަލުވެގެން ދާނެއެވެ.
މިގޮތުން، ދުނިޔޭގެ ސިއްޙީ މާހިރުން ކޯވިޑް19ގެ ކާރިސައަށް ނިމުން އައިސް، އެޕިޑަމިކްގެ ހާލަތަށް ބަލުވެގެން ދާނެކަމަށް އަންދާޒާ ކުރާ ސަބަބުތަކުގެ ތެރޭގައި، މީގެ ކުރިން ދުނިޔޭގައި މިބީދައިން ފެތުރިގެން ގޮސްފައިވާ މޫސުމީ ރޯގާތަކާއި ކޯވިޑް19 ޖައްސާ ވައިރަހަށް މިހާރު އަންނަމުންދާ ބަދަލުތައް އަޅާ ކިޔާލެވެން އޮތުން ހިމެނެއެވެ.

މިގޮތުން ކޮންމެ އަހަރަަކުވެސް ދުނިޔެއަށް މޫސުމީކޮށް އެޕިޑަމިކްގެ ހާލަތުގައި އަންނަ އިންފުލުއެންޒާ އޭ (influenza A) ވައިރަސް ފަދަ، ވައިރަސް ތަކަކީވެސް، ބާރަށް ބަދަލުވަމުންދާ (އިވޮލިއުޝަން)، އޭގެ އާ ވޭރިއެންޓްތަކަށް ދިފާއީ ނިޒާމުތަކަށް ވަންހަނާ ވެގަތުމުގެ ގާބިލްކަން ލިބިފައިވާ ވައިރަސްތަކަކަށް ވެފައި، މިއީވެސް އަދުގެ ދުނިޔޭގައި ކޮންމެ އަހަރަކުވެސް ސިއްޙީ ނިޒާމްތަކުން ކުރަންޖެހިފައިވާ އާންމު ހަގުރާމައަކަށް ވެގެން ގޮސްފައި ވުމެވެ. އަދި ކޯވިޑް19 އަށް މިހާރު އަންނަމުން ދާ ބަދަލުތަކުން، ފާއިތުވެދިޔަ މިފަދަ ވައިރަސްތަކުން ފެނިގެން ގޮސްފައިވާ އަލާމާތްތަކާއި އެއްވަތަރުގެ، އިންތިހާއަށް އެއްގޮތްކަން ހުރި އަލާމާތްތައް ފެންނަމުންދާ ދިއުމުގެ ސަބަބުން މެއެވެ.
އެހެންކަމުން ދުނީހެ ސިއްޙީ މާހިރު މިއަދު ޖައްސަވަމުންދާ ހިސާބަކީ، ކޯވިޑް19އަކީވެސް، ދުނިޔެއިން ފިލައިގެން ނުދާނެ، އަދި އާންމުކޮށް ކޮންމެ އަހަރަކުވެސް އެ ރޯގާއަކާއި ހަގުރާމަ ކުރަން ޖެހޭނޭ ރޯގާއެއްގެ ހާލަތަށް ކައިރި މުސްތަގުބަލެއްގައި މިވައިރަސް ރުޖޫއަ ވެގެން ދިއުމެވެ.