ދަނޫޝް އާއި އައިޝްވާރިޔާގެ ކައިވެނި ނިމުމަކަށް

ދަނޫޝް އާއި އައިޝްވާރިޔާގެ ކައިވެނި ނިމުމަކަށް

Author
ފާތިމަތު ނާވީ
18 ޖެނުއަރީ 2022 04:17
0

ސައުތުގެ މަގުބޫލު އެކްޓަރ ދަނޫޝް އާއި އައިޝްވާރިޔާ ރަޖްނީކާންތުގެ 18 އަހަރުވީ ކައިވެނި ނިމުމަކަށް ގެނެސްފިއެވެ.

ހޯމަ ދުވަހު ޓްވިޓާ މެދުވެރިކޮށް މިކަން އިއުލާން ކުރަމުން ދަނޫޝް ވަނީ ފޭނުންގެ ކިބައިން އެމީހުންގެ މި ނިންމުމަށް އިހުތިރާމް ކުރުމަށް އެދިފައެވެ.

ސައުތުގެ ސްޕަސްޓަރ ރަޖްނީކާންތުގެ ދަރިފުޅު އައިޝްވާރިޔާ އާއި ދަނޫޝް ކައިވެނި ކުރީ 2004 ވަނަ އަހަރުއެވެ. މި ކައިބެނި ނިމުމަކަށް ގެންނަން ނިންމި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. މިކައިވެނިން އެމީހުނަށް ވަނީ ދެކުދިންވެސް ލިބިފައެވެ.

ދާދިފަހުން ވަނީ ސައުތުގެ ވަރަށް މަޝްހޫރު ދެ އެކްޓަރުން ކަމުގައިވާ ސަމަންތާ އާއި ޗައިތަނިޔާގެ ކައިވެނި ވެސް ނިމުމަކަށް ގެނެސްފައެވެ.

އެންމެ ފަހުން ދަނޫޝް ފެނިގެން ގޮސްފައިވަނީ ބޮލީވުޑް ފިލްމް "އަތުރަންގީ ރޭ" އިންނެވެ. މި ފިލްމުގައި ދަނޫޝް އާއި އެކު އަކްޝޭ ކުމާރު އަދި ސާރާ އަލީ ޚާން މުހިންމު ރޯލުތަކުން ފެނިގެންދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.