އިންތިޚާބަށް ނުފޫޒުފޯރުވާ މައްސަލަތައް ނުބަލަނީ ސަރުކާރުދެކެ ބިރުން: ޖަމީލް

އިންތިޚާބަށް ނުފޫޒުފޯރުވާ މައްސަލަތައް ނުބަލަނީ ސަރުކާރުދެކެ ބިރުން: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
18 ޖެނުއަރީ 2022 01:14
0

އިންތިޚާބުތަކާ ބެހޭ ޤާނޫނާ ޚިލާފް ޖިނާއީ އެތައް ކުށެއް ކޮމަންޑޫ ދާއިރާގައި ސަރުކާރުން ހިންގައިފައިވާކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ދިމާކޮށް، ސަރުކާރުން ދަނީ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އަދި މިމަޝްރޫޢުތަކަކީ އިންތިޚާބަށް ނުފޫޒު ފޯރުވުންކަމަށް ބުނަމުން ދިޔަ ނަމަވެސް އެއްވެސް މަޝްރޫޢުއެއް ނުހުއްޓާނެކަމަށް ޚުދު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވިދާޅުވެފައެވެ.

ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތާއި ދެކޮޅަށް ކަމާއިބެހޭ އެއްވެސް އިދާރާއަކަށް ފިޔަވަޅެއް އަޅަން ނުކެރިގެން އުޅެނީ ސަރުކާރުދެކެ ބިރުންކަމަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވަނީ ޤާނޫނުގައި ސާފުކޮށް އިންތިޚާބަށް ނުފޫޒުފޯރުވޭ ފަދަ އަމަލެއް ހިންގައިގެން ނުވާނެކަމަށް ބުނެފައިވާއިރު ސަރުކާރުން ޤާނޫނާއި ޚިލާފަށް ހިތުހުރި ގޮތަކަށް އަމަލު ކުރަމުންދާކަމަށެވެ.

ޖަމީލްގެ ކަންބޮޑުވުން އޮތް 4 މައްސަލަ:
1. ޤާނޫނުގެ 65ވަނަ މާއްދާއާ ޚިލާފަށް ވޯޓަށް ނުފޫޒްފޯރުވާ އެތައް ޢަމަލެއް ހިންގައިފި.
2. ރައީސް އިބޫ އިސްވެ ހުންނަވާ ވޯޓު ލެންބުމަށް ރިޝްވަތުގެ ކުށަށް ތުހުމަތުކުރެވޭ.
3. ސަރުކާރުގެ ވެރިންނާއި ސަރުކާރު ކުންފުނިތަކުގެ މައްޗަށް ޖިނާއީ ތަޙްގީގު ނުހިންގަނީ ކީއްވެ؟
4. އިންތިޚާބާ ދިމާކޮށް ފަށައި އަދި ހިންގާ މަޝްރޫޢުތަކަކީ ރިޝްވަތުގެ ޢަމަލުތަކެއް. އިލެކްޝަންސް ކޮމިޝަން އިންސާފުވެރިއެއް ނޫން. މައްސަލަތައް ނުބަލަނީ ސަރުކާރު ދެކެބިރުން.

އިންތިޚާބާއި ދިމާކޮށް ކޮމަންޑޫ ދާއިރާއަށް އައިސްފައިވާ ކުއްލި ތަރައްޤީ ތަކާއިކު ސަރުކާރުން ބުނެފައިވަނީ މިއީ މާކުރިންވެސް ރޭވި ޕްލޭން ކުރެވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކެއް ކަމަށެވެ. އަދި އިންތިޚާބަށް ނުފޫޒު ފޯރުވުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހާދީ
މީނަގެއަނގަޔަށްބިރުން