ކިތަންމެ ކޯފާވިޔަސް ޑަރަގާއި މަނާ ވިޔަފާރި ހުއްޓުވާނެކަމަށް ވިދާލުވެ ރައީސް އޮފީގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން އިދިކޮޅަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އިސްވެ ފަށާފައިވާ އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރުން ގުޅުވަނީ ޑްރަގް ވިޔަފާރިއެވެ. އެއީ އެ ވިޔަފާރި ހުއްޓުވާ މަސްތުވާތަކެތި އަތުލާގަންނަނާތީ އެކަމާއި އދެކޮޅަށް އިދިކޮޅުން ހިންގާ ހަރަކާތެއް ގޮތުގައި ސަރުކާރުގެ ވެރިން އަންނަނީ ސިފަކުރަމުންނެވެ.
ށ.ފުނަދޫ ސްކޫލް ފާރުގައި އިންޑިއާ އައުޓް ގޮވާލާ ލިިޔެފައިވާ ލިޔުމާއި ގުޅިގެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން ވިދާޅުވީ ކުރީގެ “ރައީސަކު” އިސްކޮށްހުރެގެން އެ ހިންގަނީ ވަރަށް ދަށު ދަރަޖައިގެ ޢަމަލުތަކެއްކަމަށެވެ. ކިތަންމެ ކޯފާވިޔަސް ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ޑްރަގްއާ އެހެނިހެން މަނާ ވިޔަފާރިތައް ކުރުން ހުއްޓުވުމަށް މުއައްސަސާ ތަކުން ކުރާ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ހަމްދާން ވިދާޅުވިއެވެ.
ކުރީގެ “ރައީސަކު” އިސްކޮށްހުރެގެން މި ހިންގަނީ ވަރަށް ދަށު ދަރަޖައިގެ ޢަމަލުތަކެއް. ކިތަންމެ ކޯފާވިޔަސް ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ޑްރަގްއާ އެހެނިހެން މަނާ ވިޔަފާރިތައް ކުރުން ހުއްޓުވުމަށް މުއައްސަސާ ތަކުން ކުރާ މަސައްކަތް ކުރިއަށް ގެންދާނެ.
– ރައީސް އޮފީގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން
ފުނަދު ސްކޫލް ފާރުގައި އިންޑިއާ އައުޓް ލިޔެފައިވާތީ އެކަން އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އޭގައި ވަނީ ސްކޫލް ސަރަޙައްދު ތަކުގައި "އިންޑިއާ އައުޓް" ގޮވުމާއި، ބެނާތައް ހަރުކުރުމާއި، ފާރުތަކުގައި ލިޔެ ހެދުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތްކުރާ ޓީޗަރުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފައިކަމަށް ބުނެފައެވެ.
ވޭތުވެދިޔަ ހަފްތާ ތެރޭގައި އިދިކޮޅު ސިޔާސީ ވާދަވެރިންގެ ފަރާތުން ށ.އަތޮޅުގައި ކުރިއަށް ގެންދިޔަ ރެލީތަކުގައި އެފަދަ ބެނާތައް ސްކޫލް ސަރަޙައްދުގައި ހަރުކޮށްފައިވާކަމަށެވެ. އަދި، ށ.ފުނަދޫގައި ކުރިއަށްގެންދިޔަ ރެލީއެއްގައި އިދިކޮޅު ސިޔާސީ ލީޑަރެއްގެ ފަރާތުން ގޭގޭގެ ފާރުތަކުގައި އެ އިބާރާތުން ލިޔަންވެއްޖެކަމަށް ބުނެ ވާހަކަދެއްކިތާ މާ ގިނައިރުތަކެއްނުވެ، ފުނަދޫ ސްކޫލުގެ ފާރުގެ ބޭރުގައި މިވަނީ "އިންޑިއަން-އައުޓް" މޭރުމުން ލިޔެފައިކަމަށެވެ. މި ޢިބާރާތްތަކަށް ބަލާއިރު ސީދާ ޓާގެޓް ކުރެވެނީ މިތަންތަނުގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންނަށްކަން ފާހަގަކުރެވޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ