ޢަދާލަތު ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން އެޕާޓީގެ 3 ވަނަ ދައުރަށް ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާކޮމިޓީ ހޮވުމަށްޓަކައި، ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާކޮމިޓީގެ އިންތިޚާބު 5 ޑިސެމްބަރ 2020 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައި، ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
އަދާލަތު ޕަޓީން ވިދާޅުވީ ދާއިރާ ރައީސުންގެ އިންތިޚާބަށާއި ގޮފިތަކުގެ ހިންގާކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ މުއްދަތު 22 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 3:00 އާ ހަމައަށް ހުޅުވާލާފައިވާ ވާހަކަމަށެވެ
އިންތިޚާބަށް ހުޅުވާލެވިފައިވާ މަޤާމްތަކަކީ؛
ދާއިރާ ރައީސް
ގޮފީގެ ހިންގާ ކޮމިޓީގެ މަޤާމުތައް:
- ރައީސް.
- ނައިބު ރައީސް.
- ސެކްރެޓަރީ.
- ސެކްރެޓަރީގެ ނައިބު.
- ޚަޒާންދާރު.
- މީޑިއާ ކޯޑިނޭޓަރ.
- ޔުނިޓުތަކުގެ މަންދޫބުން.
- އަންހެނުންގެ ކޮމިޓީގެ ރައީސާ
- ޒުވާނުންގެ ކޮމިޓީގެ ރައީސް
ދާއިރާ ރައީސަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:
- ޕާޓީގެ މެންބަރެއް ކަމުގައި ވުން. (ޕާޓީއަށް ވަނުމަށް އެދޭ ފޯމް ފުރުމަށްފަހު، އެ ފޯމަކީ ސައްޙަ ފޯމެއްކަމަށް ޕާޓީގެ ރަޖިސްޓްރަރ ކަނޑައަޅާ ހިނދުން ފެށިގެން އެ މީހަކީ ޢަދާލަތު ޕާޓީގެ މެންބަރެކެވެ.)
- ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، ހުކުމް ތަންފީޒުކޮށްނިމުނުތާ 1 އަހަރު ވެފައިވުން.
ގޮފިތަކުގެ ހިނގާ ކޮމިޓީތަކުގެ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު:
- ޕާޓީގެ މެންބަރެއް ކަމުގައި ވުން. (ޕާޓީއަށް ވަނުމަށް އެދޭ ފޯމްފުރުމަށްފަހު، އެ ފޯމަކީ ސައްޙަ ފޯމެއްކަމަށް ޕާޓީގެ ރަޖިސްޓްރަރ ކަނޑައަޅާ ހިނދުން ފެށިގެން އެ މީހަކީ ޢަދާލަތު ޕާޓީގެ މެންބަރެކެވެ.)
އެޕާޓީން ބުނެފައިވަނީ ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އިންތިޚާބަށް ކުރިމަތިލުމަށް އެދެންވާނީ އެކަމަށް އިންތިޚާބީ ކަންތައްތަކާއި ބެހޭ ކޮމިޓީގެ ފަރާތުން ޚާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށް ކަމަށެވެ. މި ފޯމް ޕާޓީގެ ވެބްސައިޓް www.adhaalath.org.mv އަދި ޕާޓީގެ މައި އޮފީހުން ލިބެންހުންނާނެކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ފޯމު ފޮނުވަންވާނީ [email protected] އަށެވެ.
އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ 5 ޑިސެމްބަރ ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު ފަހު 3:00 ގެ ނިޔަލަށް ކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ