މޯނީ ރޯއީގެ ކައިވެނި މިމަހު

މޯނީ ރޯއީގެ ކައިވެނި މިމަހު

Author
ފާތިމަތު ނާވީ
14 ޖެނުއަރީ 2022 03:16
0

ބޮލީވުޑް އަރަމުން އަންނަ ތަރި މޯނީ ރޯއީ މި މަހުގެ 27 ވަނަ ދުވަހުގައި ލޯބިވެރިޔާއާ ކައިވެނި ކުރާނެ ކަމަށް ފަހުގެ ރިޕޯޓްތައް ބުނެފިއެވެ.

މުމްބާއީގައި ދިރިއުޅޭ ވިޔަފާރި ވެރިއެއް ކަމުގައިވާ ސޫރަޖް ނަމްބީއާއި މޯނީ ލޯބިގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި އެމީހުން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމުގެ އަޑުތަށް އެންމެ ފުރަތަމަ ދެކެވެން ފެށީ 2020 ވަނަ އަހަރުއެވެ.

އަދި މޯނީ ދޭތެރެ ދޭތެރެއިން ދުބާއީގައި ވަގުތު ހޭދަކުރާ ކަން އެނގިގެން ދިޔައީ ކޯވިޑްގައި އޭނާ ދުބާއީގައި ތާށިވެފައިހުރިކަމަށް ބުނުމާ ގުޅިގެންނެވެ.

ދެ އާއިލާއިން ވެސް މި ގުޅުމާއި ވަރަށް ގަބޫލު ކަމަށާއި، ކައިވެންޏަށް ގޯއާގެ ފައިވްސްޓާ ރިސޯޓެއް މިހާރު ބުކްކޮށްފައި ވާކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ކޯވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާ އެތްގޮތްވާ ގޮތުގެ މަތިން ކައިވެނީގެ ކަންކަން ކުރުމަށް ހަމަޖެހިފައި ވާއިރު ދައުވަތު ކާޑުތައް ފޮނުވުމުގެ ފަހުގެ ތައްޔާރީތައް ވަމުން ދާކަމަށް، މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެއެވެ.

ޑްރާމާ ސިލްސިލާތަކުން މަގުބޫލުކަން ހޯދި މޯނީ އަކީ މިހާރު ބޮލީވުޑްގައި ވެސް މަގުބޫލު ތަރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.