އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް، ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވާ ކަމުގެ ޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން އިލެކްޝަން ކޮމިޝަނާއިއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ގިނަ ކަންބޮޑުވުންތަކެއް ކޮމިޝަނާއި ހިއްސާ ކުރައްވާފައެވެ. މިބައްދަލުވުމަށްފަހު އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ގައި ޕީ.ޕީ.އެމް ގެ ކެނޑިޑޭޓާއި ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެންޓި ކެންޕެއިން ކުރި މައްސަލަ އާއި، އިދިކޮޅު ލީޑަރ ރައީސް ޔާމީނަށް ކެންޕެއިނަށް ހުރަސް އެޅުމުގެ ގޮތުން ފައްޗަކަށް ކޯޓަށް ހާޒިރުވުމަށް ޗީޓު ފުނޮވުމުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.
ހަމަ މިއާއިއެކު ޝަކުވާހުށައަޅާ ވުޒާރާއިން އިންތިހާބުގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ޕޮނުވަންޖެހޭ ތަނަކީ އޭސީސީ ކަމަށްވާއިރު، އެތަނުގައި އެއްވެސް މެމްބަރެއް ނެތި ޤާނޫނީ ހުސްކަމެއްގައި ބާއްވައިގެން އިންތިޚާބު ބޭއްވުމުގެ ކަންބޮޑުވުމާއި އުސޫލްތަކާއި ނާޖާއިޒު ގޮތުގައި ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރައްވާ ހަޑިހުތުރު ޢަމަލުތައް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ގައި ޕީ.ޕީ.އެމް ގެ ކެނޑިޑޭޓާއި ދެކޮޅަށް ރައީސް @ibusolih އެންޓި ކެންޕެއިން ކުރި މައްސަލަ އާއި،އިދިކޮޅު ލީޑަރ ރައީސް ޔާމީނަށް ކެންޕެއިނަށް ހުރަސް އެޅުމުގެ ގޮތުން ފައްޗަކަށް ކޯޓަށް ހާޒިރުވުމަށް ޗީޓު ފުނޮވުމާއި،1/3 pic.twitter.com/lyYDcm7Krl
— Ibrahim Shujau (@IbrahimShujaau) January 13, 2022
ސަރުކަރުން މިއިންތިޚާބަށް ނުފޫޒު ފޯރުވަމުންދާކަން ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޚާއްސަކޮށް އިންތިޚާބާއި ދިމާކޮށް، ބަޖެޓުގައި ނެތްކަންތައްތަކެއް ކުއްލިއަކަށް އުފަންކޮށް، އެކި މަޝްރޫޢުތައް ކޮމަންޑޫ ދާއިރާގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، މިސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދާނެކަމަށެވެ. އަދި ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަކީ މިސަރުކާރުން ވެފައިވާ ވައުދެއްކަން ފާހަގަކުރައްވާ އެވައުދު ފުއްދުމަށްޓަކައި، މިފެށޭ ހަފްތާގައި މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ކެމްޕެއިނަށް ނުފޫޒު ފޯރުވުންކަމަށް ވާދަވެރި ފަރާތްތަކުން ވިދާޅުވަމުން ދިޔަނަމަވެސް އެކަން ހުއްޓާލެވޭކަތް ނެތްކަމަށާއި، އެކަންކަން ދާނީ ބާރު ސްޕީޑުގައި ކުރިއަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.