ސިކުނޑީގެ އޮޕަރޭޝަނަށްފަހު މެރެޑޯނާގެ ހާލު ރަނގަޅު

ސިކުނޑީގެ އޮޕަރޭޝަނަށްފަހު މެރެޑޯނާގެ ހާލު ރަނގަޅު

Author
އިބްރާހީމް ސާޢިދު
06 ނޮވެމްބަރ 2020 10:11
0

އާޖެންޓީނާގެ ކުރީގެ ފުޓްބޯޅަ ތަރި ޑިއޭގޯ މަރަޑޯނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަަބަބުން އަންގާރަ ދުވަހުގެރޭ ކުއްލި އޮޕަރޭޝަނެއް ކުރިއިރު، އެ އޮޕަރޭޝަނަށްފަހު މަރަޑޯނާގެ ހާލު އަންނަނީ ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހު އެންމެ ފުރަތަމަ މަރަޑޯނާގެ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރިއިރު މަރަޑޯނާގެ ސިކުނޑީގެ ކުއްލި އޮޕަރޭޝަނެއް އަންގާރަ ދުވަހުގެރޭ ވަނީކޮށްފައެވެ. އާޖެންޓީނާގެ ރިޕޯޓުތައް ބުނާގޮތުން މަރަޑޯނާގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި، މިހާރު އޭނާ އޮތީ އޮބްޒަވޭޝަނުގައެވެ. އަދި މަރަޑޯނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އާޖެންޓީނާއަށް 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މަރަޑޯނާ ވަނީ އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކޯޗުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.