ޖާންވީގެ ދެބެންނަށް ވެސް ކޯވިޑް ޖެހިއްޖެ

ޖާންވީގެ ދެބެންނަށް ވެސް ކޯވިޑް ޖެހިއްޖެ

Author
ފާތިމަތު ނާވީ
12 ޖެނުއަރީ 2022 09:09
0

ބޮލީވުޑްގެ ތަރި ޖާންވީ ކަޕޫރާއި އޭނަގެ ކޮއްކޮ ޚުޝީ ކަޕޫރު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޖާންވީ ވަނީ އިންސްޓަގްރާމް ސްޓޯރީ މެދެވެރިކޮށް މި ޚަބަރު ފޭނުންނާ ހިއްސާކޮށްފައެވެ. މިކަން ހާމަކޮށް އަންގާރަ ދުވަހު ޖާންވީ ބުނީ އޭނާ އާއި ކޮއްކޮ ކޯވިޑަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ.

މިދިއަ ދެހަފްތާއެއް ހާދުވަހުގެ ތެރޭގައި ކަޕޫރު އާއިލާގެ ގިނަ ބަޔަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން އަނިލް ކަޕޫރާއި، އޭނާގެ ދަރިފުޅު ރިއާ ކަޕޫރާއި، ރިއާގެ ފިރިމީހާ ކަރަން ބޫލާނީއާއި، އަރުޖުން ކަޕޫރު އަދި އޭނާގެ ކޮއްކޮ އަންޝުލާ ކަޕޫރު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

ބޮލީވުޑްގައި މިހާ ބާރު ސްޕީޑުގައި ކޯވިޑް ފެތުރިގެން ދިޔައީ އާ އަހަރާއި ކްރިސްމަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީތަކުގައި ގައިދުރުކަމެއް ނެތުމުން ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

 

ޖާންވީ ބޮލީވުޑަށް ތަޢާރަފް ވެފައިވަނީ 2018 ވަނަ އަހަރުގެ ފިލްމު "ދަޅަކް" އިން ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާނާ އެކުގައެވެ.

ޖާންވީ ބޮލީވުޑަށް ތަޢާރަފް ވެފައިވަނީ 2018 ވަނަ އަހަރުގެ ފިލްމު "ދަޅަކް" އިން ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާނާ އެކުގައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.