މިސަރުކާރަކީ ޑިމޮކްރަސީއަށް ފިލަން ދުވާ ސަރުކާރެއް: އިދިކޮޅު

މިސަރުކާރަކީ ޑިމޮކްރަސީއަށް ފިލަން ދުވާ ސަރުކާރެއް: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
11 ޖެނުއަރީ 2022 05:36
0

މި ސަރުކާރަކީ ޑިމޮކްރަސީއާއި ބީރައްޓިހި، ޑިމޮކްރަސީއަށް ފިލަން ދުވާ ސަރުކާރެއް ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް، ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާނެ އިދާރާއެއް ނެތްކަމުގެ ކަންބޮޑުވުން ފާޅުކޮށް، ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، އިންތިޚާބު ބޯމަތިވިއިރު، ކޮރަޕްޝަންގެ މައްސަލަތައް ބަލަން އޮތް އިދާރާގެ މެމްބަރުން ވަކިކުރުމަށް ބިރުދެއްކުމުގެ ސަބަބުން މިއަދު ކޮމިޝަން އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައި ކަމަށެވެ.

މިފަދަ ކަންކަމަކީ ޑިމޮކްރަސީއާއި، ބީރައްޓިހި، ޑިމޮކްރަސީގެ އުސޫލުތަކާއި ދުރު ކަންތައްތަކެއްކަމަށް ހީނާ ވިދާޅުވިއެވެ. އަދި މިސަރުކާރުގެ އަމަލުތައް ހުރި ގޮތުން ފެނިގެންދަނީ ޑިމޮކްރަސީއަށް ބިރުން ފިލަން އުޅޭތަން ކަމުގައި ހީނާ ވިދާޅުވިއެވެ.

އޭސީސީއަށް މައްސަލަތައް ހުށަހެޅިޔަ ނުދޭން ދުރާލައި އެވަނީ އެތަނުގެ މެމްބަރުން ވަކިކޮށްފަ. މި ސަރުކާރަކީ ޑިމޮކްރަސީއާއި ބީރައްޓިހި، ޑިމޮކްރަސީއަށް ފިލަން ދުވާ ސަރުކާރެއް.

– ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވިއެވެ.

އޭސީސީގެ ހުރިހާ މެމްބަރުން މަޤާމުން އިސްތިއުފާ ދީފައިވަނީ މެމްބަރުން ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކައި ބެހޭ ކޮމެޓީން ނިންމާފައި ވަނިކޮށެވެ. ކޮމިޝަންގެ މެމްބަރުން ވަކި ކުރުމަށް ނިންމި ނިންމުމަކީ ވަރަށް ނާއިންސާފުން، ކޮރަޕްޝަންގެ ކަންކަން ބެލުމާއި ދެކޮޅަށް ނިންމި ނިންމުމެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން އެކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ވަނީ ކޮމިޝަނުން ބޮޑެތި ގޮންޖެހުންތަކާއެކު ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.