މަހޭޝް ބާބޫ ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

މަހޭޝް ބާބޫ ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

Author
ފާތިމަތު ނާވީ
10 ޖެނުއަރީ 2022 09:55
0

ސައުތުގެ ތަރި މަހޭޝް ބާބޫ ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މަހޭޝް އަކީ ޓެލެގޫ ފިލްމު އިންޑަސްޓްރީގައި އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެވެ.

މަހޭޝް އާއި އާއިލާ ދުބާއީގައި އާއަހަރު ފާހަގަ ކުރުމަށް ހަފްތާއެއް ވަރު ހޭދަކޮށްފައި އެނބުރި ގައުމަށް އައިސް ހެދި ޓެސްޓުން އޭނާ ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

މަހޭޝް ވަނީ ބަލިޖެހިފައި ވާކަން ޓްވިޓާ މެދުވެރިކޮށް ހާމަ ކޮށްފައެވެ. އަދި ކޯވިޑަށް ޕޮޒިޓިވްވީ، ވަރަށް ބޮޑަށް ބަލައިގެން އުޅެނިކޮށް ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

އޭނާ މިވަގުތު ހުރީ ސެލްފް އައިސޮލޭޝަން ގައެވެ. އަދި ކޯވިޑްގެ އަލާމާތްތައް ހުރީ ވަރަށް ކުޑަކޮށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޓެލުގޫ އިންޑަސް ޓްރީގައި އެންމެ ކާމިޔާބު އަދި މަޝްހޫރު އެއް އެއްޓަރު ކޯވިޑަށް ޕޮޒިޓިވްވެފައި ވާއިރު އިންޑިއާގައި ކޯވިޑަށް ޕޮޒިޓިވް ވާ ރޭޓް އަންނަނީ ދުވަހެއް ދުވަހަކަށް ވަރަށް ބޮޑު ތަނުން އިތުރު ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.