7 ފެބްރުއަރީ ތަކުރާރުވުމަކީ ދުރުކަމެއްނޫން: ރައީސް ނަޝީދު

7 ފެބްރުއަރީ ތަކުރާރުވުމަކީ ދުރުކަމެއްނޫން: ރައީސް ނަޝީދު

Author
މުޙައްމަދު ޝަޒައިމް
05 ނޮވެމްބަރ 2020 10:59
0

2012 ވަނަ އަހަރުގެ ފެބްރުއަރީ7 ވަނަ ދުވަހު ހިންގައިދިޔަ ފަދަ ކަންތައްކެއް އަލުންތަކުރާރު ވުމަކީ ދުކަމެއް ނޫންކަމަށް އޭރު ވެރިކަމުން އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އެއްވެސް ސަރުކާރެއް ވައްޓާލަން ފުލުހުން ދެނެއް ނުނިކުންނާނެކަމުގެ ޔަޤީންކަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ދެއްވާފައި ވަނިކޮށެވެ.7 ފެބުރުއަރީ ދުވަހު ވެރިކަމުން އިސްތިއުފާ ދެއްވި ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެދުވަހުގެ ހާދިސާގެ ކަންކަން ބެލުމަށް ކޯނީ ރިޕޯޓެއް އެކުލަވާލާފައިވާއިރު ރިޕޯޓުގައިވާ ކަންކަން ތަންފީޒު ނުވާހާ ހިނދަކު މިކަން އިޔާދަވުމުގެ ފުރުސަތު ބޮޑުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޯނީ ރިޕޯޓުގެ ކަންކަން ތަންފީޒު ނުވާނަމަ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ސިފައިންނާއި ފުލުހުން ނިކުމެ ހިންގި ކަންކަން އަލުން އިޔާދަ ވުމަކީވެސް ދުރުކަމެއް ނޫންކަމަށެވެ.

ކޯނީގެ ރިޕޯޓުގައި ވެސް ބުނެފައި ވަނީ ފެބްރުއަރީ 6، 7 އަދި 8 ވަނަ ދުވަހު ފުލުހުން އަނިޔާވެރިވެފައިވާ ކަމަށާއި ބަލައި ތަހުގީގުކޮށް ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ. އެއީ ބައެއް ސިފައިންނާއި ބައެއް ފުލުހުންގެ ފަރާތުން އެ ދެ ތަނުގެ މަރުކަޒުތަކަށް ވެސް ގެއްލުން ލިބުނު ދުވަހެކެވެ. ނަމަވެސް މިހާތަނަށް އެކަންކަން ރަނގަޅު ތަހުގީގުކޮށް ފިޔަވަޅުތައް އަޅާފައެއް ނުވެ އެވެ.

މިއަދު ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ފުލުހުންނަކީ މިހާރު ޣައިރު ޤާނޫނި އަމުރުތަކަށް ކިޔަމަންވާނެ ބައެއް ނޫންކަމަށާއި، ޣައިރު ޤާނޫނީ އަމުރުތަކަށް ބޯލެނބުން އެއީ މާޒީކަމަށެވެ. އެމާޒީން ގިނަ ފިލާވަޅުތަކެއް މިހާރު ފުލުހުންނަށް ލިބިފައިވާކަމަށާއި، މިހާރު ފުލުހުންގެ މުއައްސަސާގައި ތިބި ފުލުހުންނާއި، ކުރިއަށް އޮތްތަނުގައި ފުލުހުންގެ މުއައްސަސާއާއި ގުޅޭނެ ފުލުހުންވެސް އެއްވެސް ސަރުކާރެއް ވައްޓާލަން ދެން ނުނިކުންނާނެކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ. ފުލުހުންގެ މުއައްސަސާ މިހާރު އެތައް ގޮތަކުން ހަރުދަނާކޮށްފައިވާކަމަށާއި، އެފިޔަވަޅުތަކުގެ ސަބަބުން އެޔަޤީންކަން މިހާރު އޮތްކަމަށް ހަމީދު ފާހަގަކުރެއްވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.