ޣައިރުޤާނޫނީ ޢަމަލަކަށް ޖަވާބުދާރީކުރުވޭނެ، ވަކިވަކި ފުލުހުންނަށް ޤާނޫނުގެ ދިގު އަތް ފޯރާނެ: ޖަމީލް

ޣައިރުޤާނޫނީ ޢަމަލަކަށް ޖަވާބުދާރީކުރުވޭނެ، ވަކިވަކި ފުލުހުންނަށް ޤާނޫނުގެ ދިގު އަތް ފޯރާނެ: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
07 ޖެނުއަރީ 2022 02:54
0

ކޮންމެ ޣައިރުޤާނޫނީ ޢަމަލަކަށް ޖަވާބުދާރީކުރުވޭނެ ކަމަށާއި، އަދި ވަކިވަކި ފުލުހުންނަށް ޤާނޫނުގެ ދިގު އަތް ފޯރާނެކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިފަދައިން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މާލެއާއި ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތާއި ގުޅިގެންނެވެ. ޑރ.ޖަމީލް ވިދާޅުވީ ފުލުުހުންނަކީ އެއްވެސް ޣައިރު ޤާނޫނީ އަމުރަކަށް ތަބާވާން ނުޖެހޭނެ ބައެއްކަމަށެވެ. މިއަދު ކުރާ ޣައިރު ޤާނޫނީ އަމުރުތަކަށް ތަވާބެ ކުރަމުންދާ ކަންތައްތަކަކީ އެކަމާއި ފަހުން ޖަވާބު ދާރީވާންޖެހޭނެ ކަންތައް ތަކެއްކަމަށެވެ.

ފުލުހުންގެ ފަރާތުން މިއަދު ފެންނަމުންދާ ކަންތައްތަކަކީ އެކަމުން ވަކިވަކި ފުލުހުންގެ މައްޗަށް ޖިނާއީ އަދަބު ކަނޑައެޅި، މަދަނީ ބަދަލުވެސް ހޯދުމުގެ ފުރިސަތު އޮތްކަމެއްކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. ފުލުހުންނަށް އެއްވެސް ޤާނޫނަކުން ސުލްހަވެރި މުޒާހަރާތަކާއި ހަރަކާތްތައް ހުއްޓުވުމަށް ޖާގަ ނުލިބޭކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ކޮންތާކު އޮތް ބާރެއްގެ ދަށުންތޯ ފުލުހުން ބަޔަކު މުޒާހަރާކޮށްލާއިރަށް ތިޔަ ރޫޅާލަނި؟ ޓީޝާޓް ބާލަން އަންގަނީ؟ އިނގިރޭސިން ނުލިޔެވޭނެކަމަށް ބުނަނީ؟ ކަށަވަރުކުރައްވާ، ކޮންމެ ޣައިރުޤާނޫނީ ޢަމަލަކަށް ޖަވާބުދާރީކުރުވޭނެ. ވަކިވަކި ފުލުހުންނަށް ޤާނޫނުގެ ދިގު އަތް ފޯރާނެ. އިންޝާ الله، މިފަހަރު ޖިނާއީ އަދަބުގެ އިތުރުން، ބޮޑު އަދަދަކުން މަދަނީ ބަދަލު ވެސް ހޯދާނެ.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޚިޔާލުފާލުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ކަމަށްވާއިރު ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި ރައްޔިތުން ނުކުމެ އަޑުއުފުލުމުން، އަނިޔާވެރިކަމާއެކު އެފަރާތްތައް ހައްޔަރުކޮށް ފުލުހުންނަށް އަންގާ ޣައިރު ޤާނޫނީ އެންގުންތަކުގެ ތެރެއިން ޢުމުރުން ދުވަސްވީ މީހުންނަށްވެސް އެއްވެސް ބެލުމެއްނެތި ހިފާ ހައްޔަރުކޮށް، ފިރިހެން ފުލުހުން ފޮނުވާ އަންހެނުން ހިފާ ހައްޔަރުކޮށް މިފަދަ ނޭދެވޭ ޢަމަލުތައް ހިންގުމަކީ މިސަރުކާރު ވަރަށް ބޮޑަށް އިންޑިޔާގެ އަޅުވެތި ކަމުގެ ދަށަށް ވެއްޓިފައި އޮތް އޮތުމުގެ ސަބަބުން ހިންގާ ވަރަށް ދަށުދަރަޖައިގެ ޢަމަލެއްކަމަށެވެ.

މިނިވަންކަމާއެކު ސުލްހަވެރި އެއްވުންތައް ބޭއްވުމަށް ފުރުސަތު ދިނުމަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފަވެ. އަދި ދިވެހި ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި އަޑުއުފުލާ ރައްޔިތުންނަށް މިފަދައިން އަނިޔާވެރިނުވެ ޤާނޫނީ އިމުގެ ތެރެއިން ޢަމަލު ކުރުމަށާއި، މިސަރުކާރުގެ އިސްވެރިން މިޤައުމަށް ޣައްދާރުވެ، އިންޑިޔާގެ ބާރާއި ނުފޫޒުގެ ތެރެއަށް ގައުމުގެ މިނިވަންކަން ވައްޓާލާފައިވާހިނދު، މިކަމާ ދެކޮޅަށް މިކޯލިޝަނުން ހިންގާ ޙަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މޭރީ
ކިތައްމެވަރަކަށްވައިޖެހިޔަސްނުވާނެތިކަމެއް
ޕ ޕާކޭ
ތިޖަމީލުއަކީބޮޑޮދޮގުވެރިއެށްހަދާނީހުސްދޮގު
ދ ދިވެހިން
ދައުލަތުން ސިޔާސީ ގުޅުން ގާއިމުކޮށްފަވާ ގައުމުތަކާ ދެކޮޅަށް ހަރަކާތް ނުހިންގޭނެ.
ޢ ޢިބްރާހީމް ޤާސިމް
ޅަނޑަޔާ ވާނީ ލަނޑަޔާ ދޯ. ޖަމީލޫ...ބަލަ ހޭ އަރާބަލަ. ޢަދި ވެސް ގުބޯ ހެން ނެށުން ހުއްޓާ ކަށް ނުވޭތަ؟