ބަނގުރާފުޅިތަކާއެކު ތޮއްޑޫން މީހަކު ހައްޔަރުކޮށްފި

ބަނގުރާފުޅިތަކާއެކު ތޮއްޑޫން މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
07 ޖެނުއަރީ 2022 10:55
0

ބަނގުރާފުޅިތަކަކާއެކު އއ. ތޮއްޑޫ ގެސްޓުހައުސްއަކުން މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

ބަނގުރަލާއެކު އެމީހާ ހައްޔަރު ކުރީ ތޮއްޑޫ ޑައިވް ވިލާ ނަމަކަށް ކިޔާ ގެސްޓް ހައުސް ބަލާ ފާސްކުރި އިރު ބަނގުރާ ފުޅިތަކެއް ފެނިގެންނެވެ. ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތޮއްޑޫ ގެސްޓްހައުސްއެއް ޖަނަވަރީ ހަވަނަ ދުވަހު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ގެސްޓްހައުސް ބަލައިފާސްކޮށް ބަނގުރާފުޅިތަކާ އެކު އުމުރުން 49 އަހަރުގެ ލެޓްވިއާ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަހުގީގްކުރަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢިއްބެ
ކުރީފަހަރު ތިޔައާއިިލާގެ ދެވަނަގެސްތުހައުސްއިންގެންދިޔަ 180ތުޅިބޏގުރާކޮބަިތޯޕޮލިހުންނާސުވާލުކުރއްވައިބަލަ އެމައްސަލައޮއްބައިފޕރުވީކިހިނެއްވެގެންތޯޕޮލިހުންނާއިނީިސްވެރިންސުވާލުކުރައްވާބަލަ