އޮންލައިންކޮށް އަޅުވަން ނިންމި "ގެހެރާއިޔާ" ވެސް ފަސްކޮށްފި

އޮންލައިންކޮށް އަޅުވަން ނިންމި "ގެހެރާއިޔާ" ވެސް ފަސްކޮށްފި

Author
ފާތިމަތު ނާވީ
08 ޖެނުއަރީ 2022 12:36
0

އެމޭޒަން ޕްރައިމް ވީޑިއޯއިން މިމަހު ޕްރިމިއާކުރާ ގޮތަށް ހަމަޖެހިފައި އޮތް ދީޕިކާ ޕަޑުކޯންގެ "ގެހެރާއިޔާ" އަންނަ މަހަށް ފަސްކޮށްފިއެވެ.

ވަރަށް "ބޯލްޑް" ރޯލަރުން ދީޕިކާ ޕަޑުކޯން ފެނިގެން ދާ ފިލްމް "ގެހެރާއިޔާ" އެމޭޒަން ޕްރައިމް ވީޑިއޯއިން ގެނެސްދިނުމަށް ކުރިން ނިންމާފައި އޮތީ މިމަހު 25 ގައިއެވެ.

ކޯވިޑްގެ ތިންވަނަ ރާޅެއް އިންޑިއާއަށް އަރައި، ސިނަމާގައި އަޅުވަން ނިންމާފައި ހުރި ގިނަ ފިލްމުތަކެއް އަންނަނީ ނެރުން ފަސްކުރަމުންނެވެ. އެހެންނަމަވެސް އޮންލައިންކޮށް ނެރުމަށް ކުރިންވެސް ނިންމާފައި އޮތް ފިލްމެއް ފަސްކުރި މިއީ ފުރަތަމަ ފަހަރެވެ.

މި ފިލްމު އަންނަ މަހުގެ 11 އަށް ފަސްކޮށްފައިވާ ކަމަށް މި ފިލްމު ހަދާ ދަރްމާ ޕްރޮޑަކްޝަނުން ވަނީ އިންސްޓަގްރާމްގައި އިއުލާން ކޮށްފައެވެ.

 

View this post on Instagram

 

A post shared by Dharma Productions (@dharmamovies)

ގިނަ ދުވަސްތަކެއް ވަންދެއް މި ފިލްމުގެ ޝޫޓިންގ ކުރިއަށް ގެންދިޔައީ ވަކި ނަމެއް ކަނޑަނާޅައެވެ. ޝަކުން ބަޓްރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ދީޕިކާ އާއެކު ސިދާންތު ޗަތުރުވެދީ، އަނަންޔާ ޕާންޑޭ އަދި ދައިރިއާ ކަރްވާ ފެނިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.