ޝުޖާ، ސީޕީއަށް؛ ފަތެއް ހެލިލިޔަސް ހީފުޅުވަނީ ވެރިކަން ވެއްޓެނީ ކަމަށްތޯ؟

ޝުޖާ، ސީޕީއަށް؛ ފަތެއް ހެލިލިޔަސް ހީފުޅުވަނީ ވެރިކަން ވެއްޓެނީ ކަމަށްތޯ؟

Author
މުޙައްމަދު ޝަޒައިމް
05 ނޮވެމްބަރ 2020 07:17
0

ސަރުކާރު ވެއްޓޭ ވާހަކަ ކަމިޝަނާ އޮފް ޕޮލލިސް މުހައްމަދު ހަމީދު ދައްކަވަނީ އަބަދުވެސް ވެރިކަން ވެއްޓިދާނެކަމުގެ ބިރު ހީވެފައި އޮތުމުން ކަމުގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ފުލުހުންނަކީ މިހާރު ޣައިރު ޤާނޫނި އަމުރުތަކަށް ކިޔަމަންވާނެ ބައެއް ނޫންކަމަށާއި، ޣައިރު ޤާނޫނީ އަމުރުތަކަށް ބޯލެނބުން އެއީ މާޒީކަމަށެވެ. އެމާޒީން ގިނަ ފިލާވަޅުތަކެއް މިހާރު ފުލުހުންނަށް ލިބިފައިވާކަމަށާއި، މިހާރު ފުލުހުންގެ މުއައްސަސާގައި ތިބި ފުލުހުންނާއި، ކުރިއަށް އޮތްތަނުގައި ފުލުހުންގެ މުއައްސަސާއާއި ގުޅޭނެ ފުލުހުންވެސް އެއްވެސް ސަރުކާރެއް ވައްޓާލަން ދެން ނުނިކުންނާނެކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާ މިހާރު އެތައް ގޮތަކުން ހަރުދަނާކޮށްފައިވާކަމަށާއި، އެފިޔަވަޅުތަކުގެ ސަބަބުން އެޔަޤީންކަން މިހާރު އޮތްކަމަށް ހަމީދު ފާހަގަކުރެއްވިއެވެ.

ސީޕީގެ މިވާހަތަކާއި ގުޅިގެން ޝުޖާ ވިދާޅުވީ ވެރިކަން ވައްޓާލާވަހަކަ އަބަދުވެސް ދައްކަވަނީ އެކަން ކުރައްވާ ބޭފުޅުންކަމަށެވެ. ވެރިކަން ވެއްޓުމުގެ މިސާލު ނަންގަވަމުން ޝުޖާ ވިދާޅުވީ ފަތެއް ހެލިޔަސް ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ހީވެފައި އޮންނަނީ ވެރިކަން ވެއްޓިދާނެ ކަމުގެ ބިރު ކަމަށެވެ.

ކޮންބައެއްތޯ ވެރިކަން ވައްޓަން އުޅުނީ؟ އަމިއްލައަށް ހާދަ ވަރަކަށް ވެރިކަން ވައްޓާވާހަކަ ތިދައްކަނީ؟ ފަތެއް ހެލިޔަސް ހީފުޅުވަނީ ވެރިކަން ވެއްޓެނީ ކަމަށްތޯ؟

– އިބްރާހިމް ޝުޖާއު

ޙަމީދު ވިދާޅުވީ، މިހާރު ފުލުހުންގެ މުއައްސަސާއިން ވެރިކަން ވައްޓާލާ ޒާތުގެ ކަމެއް ކުރާނެކަމަށް މިހާރު ޤަބޫލުފުޅު ނުކުރައްވާކަމަށާއި، ފުލުހުންގެ މުއައްސަސާ އިޞްލާހުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އެމަސައްކަތުގެ ދަށުން އަންނަ އަހަރު އެދެވޭ ބަދަލެއް ފުލުހުންގެ މުއައްސަސާއަށް އަންނާނެކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ ކުށްތަކަށް އަރައިގަންނަ އަދި އަޚްލާގީ މިންގަނޑާ ޚިލާފްވަމުން އަންނަ ފުލުހުންނާމެދު ފިޔަވަޅު އަޅާފައިވާނެކަމަށާއި، އެގޮތުން މިހާތަނަށް 80 ފުލުހަކަށް ފިޔަވަޅު އަޅާފައިވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.