ރައީސުލްޖުމްހޫރިއްޔާ ނ.އަތޮޅުގެ 5 ރަށަކަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ނ.އަތޮޅުގެ 5 ރަށަކަށް ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2022 08:31
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ނ.އަތޮޅުގެ 5 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ފުރައ ވަޑއިގަތުމަށް ހަމަޖެހިވާކަމަށެވެ. މާދަމަ އެމަނިކުފާނު 3 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ބުދަ ދުވަހު 2 ރަށަކަށް ވަޑައި ގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާފަރު، ލަންދޫ، މަނަދޫ، މަގޫދޫ އަދި ހޮޅުދުއަށެވެ.

މިދަތުރުފުޅުފައި އެރަށްތަކުގައި ފެއްޓުމައި ހަމަޖެހިފައިވާ މަޝްރޫޢުތައް އިފްތިތާހު ކޮށްދެއްވުމާއި، ބައެއް މަޝްރޫޢުތައް ނިންމުމުގެ ރަސްމިއްޔާތުތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި އެރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތެރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއިވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.