އަފްއާނިސްތާންގެ އިންޓެލިޖެންސް އޭޖެންޓުން ކާބުންގެ ކެނަލަކަށް، ބޮޑެތި ފީފާތަކުގައި ރައްކާ ކޮށްފައި ހުރި ރާ އޮއްސާލަނީ

3000 ލިޓަރުގެ ރާ، އަފްއާނިސްތާނުގެ ސަރުކާރުން ނައްތާލައިފި

3000 ލިޓަރުގެ ރާ، އަފްއާނިސްތާނުގެ ސަރުކާރުން ނައްތާލައިފި

އަފްއާނިސްތާނުގެ އިންޓެލިޖެންސް އޭޖެންޓުންގެ ޓީމަކުން، 3000 ލިޓަރުގެ ރާ، ވެރިރަށްކާބުލްގެ ފެން ދައުރުވާ ގޮތަށް ހަދާފައި އޮންނަ ކެނަލަކަށް އޮއްސާލާފައި ވާކަމަށް އަފްއާނިސްތާންގެ ޖާސޫސީ އިދާރާއިން ހާމަ ކޮށްފިއެވެ.

ގިނަ އަދަދެއްގެ ރާ އަފްއާނިސްތާނުގައި ނައްތާލާފައި ވާއިރު، އެގައުމުގެ އާ ސަރުކާރުން ދަނީ، އަފްއާނިސްތާނުގައި ރާ ވިއްކުން ހުއްޓުމަކަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަފްއާނިތާނުގެ ތާލިބާން ސަރުކާރުގެ ޖެނެރަލް ޑިރެކްޓިރޭޓް އޮފް އިންޓެލިޖެންސް (GDI) އިން އާންމު ކޮށްފައިވާ ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި އެ އޭޖެންސީގެ އޭޖެންޓުން ވަނީ، ވެރިރަށް ކާބުލްގައި ހިންގި ރެއިޑްތަކުގައި ހޯދާފައިވާ، ބޮޑެތި ފީފާތަކުގައި ރައްކާ ކޮށްފައިހުރި ރާ، ފެން ދައުރުވާ ގޮތަށް ހަދާފައިވާ ކެނަލަކަށް އޮއްސާލާފައެވެ.

"މުސްލިމުން ޖެހޭނީ، ރާ އުފެއްދުމާއި އަދި އެއްތަނުން އަނެއްތަނަށް ފޯރު ކޮށްދިނުމުންވެސް ދުރުހެލިވެ ތިބެން،" ޓުވިޓަރގައި ތާލިބާން ސަރުކާރުން އާންމު ކޮށްފައިވާ މި ވީޑިއޯގައި ދީނީ ޢިލްމުވެރިޔަކު ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

އަފްއާނިސްތާންގެ އިންޓެލިޖެންސް އޭޖެންސީން ނައްތާލާފައިވާ ރާ ނައްތާލާފައިވަނީ ކޮންއިރަކު ކަމެއް މިވީޑިއޯއިން އެގޭކަށް ނެތެވެ. އަދި، މިއީ ކޮންއިރަކު ހިންގި އޮޕަރޭޝަންނެއްގައި ހޯދާފައިވާ ރަލެއް ކަމެއްވެސް އިގޭކަށް ނެތެވެ. އެހެންނަމަވެސް އިންޓެލިޖެންސް އޭޖެންސީން ހާމަ ކޮށްފައިވަނީ، މި އޮޕަރޭޝަންތަކުގައި 3 ޑީލަރަކު ހައްޔަރު ކޮށްފައިވާ ކަމުގައެވެ.

ތާލިބާން ޖަމާއަތުން އަފްއާނިސްތާން އެޖަމާއަތުގެ ބާރުގެ ދަށަށް، ފާއިތުވެދިޔަ އަހަރުގެ އޮގްސްޓުމަހުގެ 15ވަނަ ދުވަހު ގެނައުމަށްފަހު، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އަދި ރަލުގެ ބާވަތްތައް ހޯދާ، މީހުން ހައްޔަރު ކުރުމަށް ހިންގާ އޮޕަރޭޝަންތައްވަނީ ވަރަށް ބޮޑަށް އިތުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *