އިނގުރައިދޫ ސްކޫލުގައި މަލްޓިޕަރޕޯސް ހޯލެއް އިމާރާތްކުރަނީ

އިނގުރައިދޫ ސްކޫލުގައި މަލްޓިޕަރޕޯސް ހޯލެއް އިމާރާތްކުރަނީ

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2022 04:56
0

ރ.އިނގުރައިދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލަކާއި، އިތުރު ކްލާސްރޫމްތަކެއް އެޅުމަށް ބަޔަކައި ހަވާލުކޮށްފިއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި އޮތް މިރަސްމިއްޔާތުގައި، އިނގުރައިދޫ ސްކޫލުގެ 4 ކްލާސްރޫމާއި، ސްޓާފްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ކުރުމަށް ވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އިނގުރައިދޫ ސްކޫލުގެ މަސައްކަތް ކުރުމަށް މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައިވަނީ 16,961,607.18(ސޯޅަ މިލިޔަން ނުވަ ލައްކަ ފަސްދޮޅަސް އެއް ހާސް ހަ ސަތޭކަ ހަތް ރުފިޔާ އަށާރަ ލާރި) އަށެވެ.

މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.