މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި 2 މީހަކު ހޯދަނީ

މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި 2 މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2022 02:23
0

މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިވުމަށް ދެމީހަކަށް އަންގައިފިއެވެ.

ފުލުހުން ބުނެފައިވަނީ ގަލޮޅު ޕޮލިހުން ތަހުގީގު ކުރަމުންދާ، މީހަކަށް އެޕާޓްމަންޓެއް ކުއްޔަށް ދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ދެމީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން އެދެމީހުން ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވާކަމަށެވެ.

ހާޒިރުވާންވާން އއަންގާފައިވަނީ އދ. މާމިގިލި / ނޭޕާލް، ޢާއިޝަތު މާޝާ ޝާހީން (26އ)، A287096 އާއި ހއ. ހޯރަފުށި / އަޝްރަފީގެ، ނައުފަލް އަޙްމަދު (33އ)، A260141 އެވެ.

މިދެމީހުން ހާޒިރުވުމަށް އަންގާފަިއވަނީ އެޕާޓްމަންޓެއް ކުއްޔަށް ދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށާއި، ހާޒިރުވާ ޖެހެނި މިމަހުގެ 13 ވަނަ ދުވަހުގެ 10:00 ވަނަ ދުވަހު ޝަހީދު ހުސައިން އާދަމް ބިލްޑިންގ، އަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.