މޯހިތު ރައިނާ ކައިވެނި ކޮށްފި

މޯހިތު ރައިނާ ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
03 ޖެނުއަރީ 2022 04:45
0

ޑްރާމާ ސިލްސިލާ "ދޭވޯކޭ ދޭވް މަހާދޭވް" އިން މަގުބޫލުކަން ހޯދި އެކްޓަރު މޯހިތު ރައިނާ ކައިވެނި ކޮށްފިއެވެ.

އާ އަހަރާއި ދިމާކޮށް ކައިވެނީގެ ފޮޓޯތަށް ހިއްސާކޮށް މޯހިތު ވަނީ ފޭނުން ސިއްސުވައިލާފައެވެ. ދެމަފިރިން އެކުގައި ހުރި މި ފޮޓޯތަކަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައެވެ.

ހިންދޫއިންގެ އާދަކާދައާ އެއްގޮތަށް ލޯބިވެރިޔާ އަދިތީ ޝަރްމާއާ ކޮށްފައިވާ މި ކައިވެނީގައި ބައިވެރި ވަފައިވަނީ ދެފަރާތުގެ އާއިލާއާ ގާތް ރަހުމަތް ތެރިން އެކަންޏެވެ.

 

View this post on Instagram

 

A post shared by Mohit Raina (@merainna)

ބަތަލާ މޯނީ ރޯއީ އާއި މޯހިތުގެ ލޯބީގެ ގުޅުމެއް 2011 ވަނަ އަހަރު އޮތް ކަމުގައި ވިޔަސް މިކަމަށް މޯނީ އެއްބަސް ވެފައެއް ނުވެއެވެ. 2018 ވަނަ އަހަރު އެ ގުޅުމުގައި ސިއްކަ ވަނީ ޖެހިފައެވެ.

ޑްރާމާ ސިލްސިލާ ތަކުގެ އިތުރުން ފިލްމާއި ވެބް ސީރީޒް ތަކުން ވެސް މޯހިތު ވަނީ ފެނިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.