ޖަލުގެ ހާލަތު ބަދަލުނުކުރެވިގެން އުޅެނީ ވެރިން ބޭނުންނުވާތީ: މުހުތާޒު

ޖަލުގެ ހާލަތު ބަދަލުނުކުރެވިގެން އުޅެނީ ވެރިން ބޭނުންނުވާތީ: މުހުތާޒު

Author
މުޙައްމަދު ޝަޒައިމް
02 ޖެނުއަރީ 2022 02:08
0

ޖަލުގެ ހާލަތު ބަދަލުނުކުރެވިގެން އުޅެނީ ވެރިން ބޭނުންނުވާތީ ކަމުގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޖަލުތަކުގައި ޝަރީއަތެއްނެތި ތިބި މީހުންގެ މައްސަލަތައް އަވަސް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި އދ. ގެ ވޯކިން ގްރޫޕުންވެސް ވަނީ ބުނެފައެވެ. ނަމަވެސް ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މާބޮޑު މަސައްކަތްތަކެއް ކުރާތަނެއް ނުފެނެއެވެ.

މިކަމާއި ގުޅިގެން މުހުތާޒު ވިދާޅުވީ، ޖަލުތަކުގެ ހާލަތު ރަނގަޅު ނުކުރެވިގެން އުޅެނީ ވެރިކަން އެކަމަށް ބޭނުން ނުވާތީކަމަށެވެ. ޖަލުތަކަށް ލެވޭ މީހުންނަކީވެސް އަދިރި ގޮޅިތަކަށްލައި، އިނާޔަތްތަކުން މަހުރޫމ ކުރެވެންޖެހޭ ބައެއް ނޫންކަމަށާއި، އެމީހުންގެ ހައްގުތައްވެސް ރައްކާތެރިކޮށް ދޭންޖެހޭކަމަށެވެ. ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތް ނުކުރުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް މުހުތާޒު ވިދާޅުވިއެވެ.

ޖަލުގެ ހާލަތު ބަދަލުނުކުރެވިގެން އުޅެނީ ވެރިން ބޭނުންނުވާތީ. ކުރާކުށެއްގެ ބާވަތަށް ބަލައި އަދިރި ގޮޅިތަކުގައި، އެކަހެރިކޮށް އިނާޔަތުން މަހުރޫމުކޮށް މީހުން ބަންދުގައި ބޭތިއްބުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫން. ޖަލު ކޮމިޝަންގެ ހުށަހެޅުންތައް ތަންފީޒުނުވެ ލަސްވުން ބަލައެއްނުގަނެވޭ.

– މުހުތާޒު ވިދާޅުވިއެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މަންޑޭލާ ރޫލްސް ތަޢާރަފްކޮށް، ޖަލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރި ނަމަވެސް މިހާތަނަށް މިކަމުން އެދެވޭ ނަތީޖާއާއި ހަމައަށް ވާސިލްވެފައިވާތަނެއް ނުފެނެއެވެ. އދ.ގެ ވޯކިން ގްރޫޕުން ބުނެފައިވަނީ ޖަލުތަކުގައި ތިބޭ ގައިދީންނަކީވެސް އދ އާއި އެނޫންވެސް ބައިނަލް އަގުވާމީ މުއާހަދާތަކުގައި ވާގޮތަށް ހައްގުތައް ކަށަވަރުވެގެންވާ ބަޔަކަށްވާއިރު އެމީހުންގެ ހައްގުތައް ނުގެއްލޭގޮތަށް ޖަލުތަކުގެ ހާލަތު ބަދަަލުކުރަންޖެހޭކަމަށެވެ. ޖަލުތަކާއި ކ.ގުރައިދޫ މަރުކަޒާއި ރީހެބިލިޓޭޝަން ސެންޓަރުތައް ހިމަނައިގެން 14 ފެސިލިޓީއެއް ބަލައި 85 މީހަކާ މި ވަފްދުން ވަނީ ބައްދަލުކޮށް ރިޕޯޓެއް އެކުލަވާލާފައެވެ.

ޚާއްސަކޮށް ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިހުމާލު އޮތްކަމަށް އެ ގްރޫޕުންވަނީ ފާހަގަކޮށްފައެވެ. ބިދޭސީން ގެންގުޅެނީ ވަރަށް އަސާސީ ހައްގުތަކުން ވެސް އެކަހެރިކޮށްގެން ކަމަށާއި ނުރަސްމީ ބަންދު ސެންޓަރެއްގައި ސަރުކާރުގެ ކުންފުންޏަކުންވެސް ގިނަ އަދަދެއްގެ ބިދޭސީން ބަންދުކޮށްގެން ގެންގުޅުނު ކަމަށް އެ ޓީމުން ބުންޏެވެ. އެހެންނަމަވެސް އެއީ ކޮން ކުންފުންޏެއްކަން ހާމައެއް ނުކުރެއެވެ. އެ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަކަށް ނުގެންދާ ކަމަށާއި، ގާނޫނީ އެހީތެރިކަމެއް ނުލިބޭ ކަމަށްވެސް ޕްރިޔާ ވިދާޅުވިއެވެ. ބިދޭސީން ބަންދުކުރާއިރު އެއް ހަމައަކުން އަމަލު ކުރުމުގެ ބަދަލުގައި ކޮންމެ ކޭހެއްވެސް ވަކިވަކިން ބެލުމަށް އެ ޓީމުންވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖޯ ޒީލް
ޖަލައް ލާންވެސް ވާނެ އެފަދަކުށެއްކުރީމަ.އެކަމަކު އިންސާނެއްގެ މުޅިހަޔާތް ފަނާކުރާތަނަކައް ވީމަ ގޯސް. 10އަހަރު 8އަހަރު އެތާގަ ގިނަދުވަސް ވީމަ ދިރިއުޅުމުގެ އުއްމީދު ގެއްލިފަ އެކުދިން ތިބެނީ. ބޮޑެތި މުޖުރިމުން ގެ ހައްޔަރު ނިމިދަނީ ފަސޭހަ ކަމާއެކް.ނިކަމެތި މީހާ އަދަބުގަ އުޅެނީ.
އ އަދުރޜ
ޖަލައްލަނީ ކުއްކުރީމާ މިނިވަން ކަމާއެކީ އުޅޭހާ އަރާމުގާ އުޅެވިގެންނުވާނެ ކުއްވެރިންނައް ވީއައިޕީންގެ ޙިދުމައް ދީގެން ދުވަހަކުވެސް ކުއްވެރިން އިސްލާހެއް ނުވާނެ މިހާރުވެސް ދުވާލަކައް މީހެއްގެކެއުމައް ފައްސަތޭކަ ހޭދަކުރާއިރު އާމު ފަރުދަކައް ސަތޭކަރުފިޔާވެސް ނުލިބޭ މީވެސް ވިސްނާލަން ޖެހޭކަމެެއް