މުރްނާލް ޓާކުރްވެސް ކޯވިޑަށް ޕޮޒިޓިވް!

މުރްނާލް ޓާކުރްވެސް ކޯވިޑަށް ޕޮޒިޓިވް!

Author
ފާތިމަތު ނާވީ
02 ޖެނުއަރީ 2022 02:57
0

ޝާހިދު ކަޕޫރުގެ ކްރިކެޓް ފިލްމް "ޖާޒީ"ގެ ބަތަލާ މުރްނާލް ޓާކުރް ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މުރްނާލަށް އަހަރުގެ ފުރަތަމަ ދުވަހު ކޯވިޑް ޖެހިފައިވާ ކަަން އޭނާ ވަނީ ކަށަވަރު ކޮށްދީފައެވެ.

މުރްނާލް ފާއިތުވި ހަފްތާ ތަކުގައި އުޅުނީ "ޖާޒީ" ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައެވެ. ކޯވިޑްގެ އަލާމާތްތައް ފެންނަ ކަމަށާއި މިވަގުތު ހުރީ ސެލްފް އައިސޮލޭޝަންގައި ކަަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކޯވިޑްގައި މާ ބޮޑުވަރު ނުވާ ކަމަށާއި ހާލު ރަގަޅު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި ޑޮކްޓަރުންގެ ލަފާޔާއި އިރުޝާދާ އެއްގޮތްވާގޮތުގެ މަތިން ފިޔަވަޅު އަޅައިގެން ހުރިކަމަށް ވެސް މުރްނާލް ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Mrunal Thakur (@mrunalthakur)

މުރްނާލް މަޝްހޫރު ވެގެން ގޮސްފައި ވަނީ ސިލްސިލާ ޑްރާމާ "ކުމްކުމް ބާގިޔާ" އިންނެވެ. އޭނާ ވަނީ ބައެއް ރިއަލިޓީ ޝޯވ ތަކުން ވެސް ފެނިގެން ގޮސްފައެވެ.

މުރްނާލް ފިލްމީ ދާއިރާއަށް ނުކުމެފައި ވަނީ 2014 ވަނަ އަހަރު މަރާޓީ ފިލްމަކުންނެވެ. އޭގެފަހުން އާނާއަށް ވަނީ ބޮލީވުޑްގެ ބޮޑެތި އަދި ސީނިއާ އެކްޓަރުންނާއެކު ފިލްމު ތަކުން ފުރުސަތު ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.