ޝުޖާޢު މިއަދު ފުލުހަށް ޙާޒިރުވުމަށް އެންގި އެންގުން ކެންސަލްކޮށްފި

ޝުޖާޢު މިއަދު ފުލުހަށް ޙާޒިރުވުމަށް އެންގި އެންގުން ކެންސަލްކޮށްފި

Author
މުޙައްމަދު ޖިމީ
05 ނޮވެމްބަރ 2020 01:28
0

އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު މިއަދު ހަވީރު ޕޮލިހަށް ހާޒިރުވުމަށް ޗިޓު ހަވާލުކުރުމަށްފަހު، ޙާޒިރުކުރުން ކެންސަލްކޮށްފިއެވެ.

ޝުޖާއު ޕޮލިހަށް ޙާޒިރުވާން އަންގާފައި އޮތީ މިއަދު ހަވީރު 17:30 އަށެވެ. ނަމަވެސް މިހާރު ޝުޖާޢު މިއަދު ޕޮލިހަށް ޙާޒިރުކުރުން ކެންސަލް ކޮށްފައިވާކަން ފުލުހުން އަންގާފައިވާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންކްރެސް ކޯލިޝަނުން މިދިޔަ އަންގާރަ ދުވަހު "ބަޑި ބުރާސްފަތި" ގެ ނަމުގައި ނަސްރުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާޢު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަ ތުހުމަތެއްކޮށް އޭނާ ވަނީ ދޫކޮށްލާފައެވެ. ފުލުހުން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ޖަވާބު ލިޔުމުން ދިނުމަށް ވަނީ އަންގާފައެވެ.

ފުލުހުން ޝުޖާއަށް ކުރި ތުހުމަތުތަކުގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސްއެޅުމާއި އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވުން ފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް ތުހުމަތުތަކަށް ޝުޖާ ވަނީ އިންކާރު ކުރައްވާފައެވެ.

ޢީދިކޮޅު ފަރާތްތަކުން ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ޕީޕީއެމް ޕީއެންސީގެ އިސްސަފުގައި އުޅުއްވާ ބޭފުޅުންނާއި، އިދިކޮޅު މަޖިލިސް މެންބަރުންވެސް ހިމެނެއެވެ. އަދި ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުންވެސް އެކިޝިއާރު ފާޅުކޮށްފައިހުރި ބޯޑުތައް ހިފައިގެން އެސަރަހައްދުގައި އިހުތިޖާޖު ކޮށްފައިވެއެވެ.

ބަޑި ބުރާސްފަތި" ގެ ނަމުގައި ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބާއްވަން ކުރިން ނިންމި ހަރަކާތް ޕީޕީއެމް އޮފީސް ކުރިމަތީގައި ބާއްވަން ނިންމީ ކާނިވާ ސަރަހައްދުގައި އެހަރަކާތް ކުރިއަށްގެންދަން ހުއްދަ ނުލިބުމުންނެވެ.

1988 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަދުވަހު ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކު އިސްވެތިބެ ސްރީލަންކާގައި އުޅުނު ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެއަށް ހަތިޔާރާއެކު އަރައިގަނެ، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލާފައިވާ ހާދިސާއާއި ގުޅިގެން ބާއްވާ މިޖަލްސާގައި ވާހަކަދެއްކި އިދިކޮޅު ފަރާތްތަކުން ވަނީ މިސަރުކާރުން ގައުމަށް ޤައްދާރުވި މީހުންނަށް ހިމާޔަތް ދެމުން އަންނަކަމަށް ތުހުމަތުކޮށް ވާހަކަދައްކާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.