ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދަށް ކޮންސެޕްޓްވެސް ގެޓު ނުވާކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ރައްދު ދެއްވައިފިއެވެ.
ރޮޒައިނަ މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ގަނޑެއް ބަލައިގެން ނޫނީ އެއްޗެއް ވިދާޅުވާންވެސް ނޭގޭކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. ޑރ.ޖަމީލް ވިދާޅުވެފައިވަނީ ރައީސްކަން ކުރެއްވީ އެކަމަށް ޤާބިލްކަން ހުންނަ ހަރުދަނާ ބޭފުޅުންނަށް ކަމަށެވެ. އެއްވެސް ތަޖުރިބާއެއް ނެތް ގަނޑެއް ބަލައިގެން ވެރިކަން ކުރާ މީހަކަށް ކުރެވޭނެ ވެރިކަމެއް ނެތްކަމަށެވެ.
ޑރ.ޖަމީލްގެ ވާހަކަ ތަކާއި ގުޅިގެން ރޮޒޭނާ ވިދާޅުވީ ޖަމީލަކީ ގަނޑެއް ބަލައިގެން މިހާތަނަށް ކޮހެއް ނޫން އެއްޗެއް ނުވާ ބޭފުޅެއްކަމަށެވެ. ރައްޔިތުންގެ ކުރިމައްޗަށް ރައްޔިތުން ތާއީދު ހޯދުމަށް ނިކުތް ފަހަރުވެސް ރައްޔިތުން ބަލައި ނުގަތުމަކީ ޑރ.ޖަމީލް އެހެން ބޭފުޅުންނާއިމެދު ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމެއްކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
މިބޭފުޅާ ޑޮކްޓަރު ފާސް އަޅުއްވައިގެން ހުރެ ގަނޑެއް ބަލައިގެން ކޮހެއް ނޫނީ މިހާތަނަށް ގޮވާފައި ނެތް! ރައްޔިތުންނަށް ލަނޑެއް ނޫނީ ދީފަކާ ނެތް! މަޖިލިސް މެމްބަރުކަމަށް ނިކުތީމާވެސް ރައްޔިތުން ބަލައި ނުގަތް! ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ރައްޔިތުން ލޯބިވާ ރައީސެއް! ތިބޭފުޅާއަށް ކޮންސެޕްޓްވެސް ގެޓެއްނުވޭ.
– ރޮޒޭނާ ވިދާޅުވިއެވެ.
ރައީސް ޞާލިހު ދެއްވާ ސްޕީޗުތަކާއި، އެކި ޖަލްސާތަކުގައި ދައްކަވާ ވާހަތައް ދައްކަވަނީ އަބަދުވެސް ޚާއްސަ ސްކްރިޕްޓެއްގެ މައްޗަށެވެ. ރިޔާސީ ދައުރުގައި ބާކީ ދެ އަހަރު އޮތް އިރު، ރައީސް ޞާލިހަށް އިތުރަށް ދެން ވެރިކަމުގައި ނުހުރެވޭނެކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނަމަވެސް ސަރުކަރު ހިންގާ އެމްޑީޕީއަށް ނިބަތްވާ ބައެއް މެމްބަރުންނާއި، ބައެއް ވަޒީރުންވަނީ ރައީސް ޞާލިހު އަދި އިތުރު ދައުރެއްގައި ވެރިކަން ކުރައްވާނެކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ