މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު ރިކޯޑް އަދަދެއް

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު ރިކޯޑް އަދަދެއް

ގުޅުންހުރި

މިއަހަރަކީ މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަހަރު މުޅި ރާއްޖެއިން މުދަލު ޒަކާތުގެ ގޮތުގައި 85 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. އަދި މިއީ މިހާތަނަށް އެންމެ ގިނައިން މުދަލު ޒަކާތް ދެއްކި އަހަރު ކަމަށް ވިދާޅުވިއެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީ އެންމެ ފަހުން އާއްމުކޮށްފައިވާ އަދަދަކީ 6878.20 ރުފިޔާއެވެ. ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަމުންދެއެވެ. ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބު ބަލަނީ ރިހީގެ އަގުންނެވެ.

ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ. މުދަލު ޒަކާތް މިހާރު ބަލައިގަންނަމުން ގެންދަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ.

2021 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކަކީ މިވަގުތު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމަށްވާތީ، އެ ފަރާތްތަކުން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމް ހުށަހަޅާކަށް ނުޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސިޓީން އަލުން ރަޖިސްޓްރީވުމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ