ކޯވިޑް ކޭސްތަކުގެ "ސުނާމީ"އަކާއި ދުނިޔެ ކުރިމަތިލާން ޖެހިދާޏެކަމުގެ އިންޒާރު ސިއްޙަތު ޖަމިއްޔާއިން ދީފި

ކޯވިޑް ކޭސްތަކުގެ "ސުނާމީ"އަކާއި ދުނިޔެ ކުރިމަތިލާން ޖެހިދާޏެކަމުގެ އިންޒާރު ސިއްޙަތު ޖަމިއްޔާއިން ދީފި

މީގެ 3 ހަފްތާކުރިން އަލަށް ފެނިފައިވާ ކޯވިޑް19ގެ އޮމިކްރޮން ވޭރިއެންޓުން ދުނިޔެއަށް ކުރިމަތި ކުރުވާފައިވާ ގޮންޖެހުންތަކުގެ ނުރައްކާތެރިކަން އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (WHO)އިން ދީފިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މިގޮތަށް ބުނެފައިވަނީ، މުޅި ދުނިޔޭގައި ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އޭގެ ކުރީ ހަފްތާތަކާ އަޅާބަލާއިރު، ފާއިތުވެދިޔަ ހަފްތާގައި %11 މަތިވެގެން ދިއުމާ ގުޅިގެންނެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ފާއިތުވެދިޔަ ހަފްތާގައި ދީފައިވާ އެޖައިމްޔާގެ އެޕިޑިމިއޮލޮޖިކަލް އަޕްޑޭޓްގައި ބުދަދުވަހު ހާމަ ކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެތަައް ގައުމެއްގައި މިހާތަނަށް އެންމެ ބޮޑަށް ކޯވިޑްފަތުރަމުން އައި ޑެލްޓާ ވޭރިއެންޓްގެ މަގާމު މިހާރު އަދާކުރަމުންދަނީ އޮމިކްރިން ވޭރިއެންޓް ކަމުގައެވެ. އަދި މީގެ ތެރޭގައި އިނގިރެސިވިލާތާއި އެމެރިކާ ހިމެނޭކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

ސިއްޙަތު ޖަމިއްޔާގެ އަޕްޑޭޓް އައިސްފައި މިވަނީ، ދުނިޔޭގެ ގިނަ ގައުމުތަކުން، އެގައުމުތަކުގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ރެކޯޑް މިންވަރަަކަށް މަތި ވެގެން ގޮސްފައިވާކަން ހާމަ ކޮށްފައި ވަނިކޮށެވެ.

މިގޮތުން ވެކްސިންދޭ ފެށިތާ މިހާރު އެއް އަހަރު ވެގެން ގޮސްފައި ވާއިރު، އެމެރިކާގައި މިހާރުވަނީ، ދުވާލަކަށް ކޯވިޑަށް ޕޮޒިޓިވް ވަމުންދާ މީހުން އަދަދު ރެކޯޑް މިވަރަކަށް މައްޗަށް ގޮސްފައެވެ. އެމެރިކާގައި މިހާރު ދުވާލަކަށް 265,000 މީހުންދަނީ ކޯވިޑަށް ޕޮޒިޓިވް ވަމުންނެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދި އާދަޔާ ޚިލާފަށް މަތިވުމުގެ މައިގަޑު ސަބަބަކީ ނުރައްކާތެރި އަދި ފަސޭހައިން ގައިންގަޔަށް ފެތުރޭ އޮމިކްރޮން ވޭރިއެންޓް ކަމުގައި އެގައުމުގެ ސިއްޙީ މާހިރުން ދަނީ ބުނަމުންނެވެ.

ޖޯން ހޮޕްކިންސް ޔުނިވަރސިޓީން ހާމަކޮށްފައިވާ ޑާޓާތަކަށް ބަލާއިރު، އެމެރިކާގައި މީގެ ކުރިން އެންމެ ބާރަށް ކޯވިޑް ފެތުރެމުން ދިޔައިރު، ފާއިތުވެދިޔަ ޖެނުއަރީ މަހުގެ މެދުތެރޭގައި ދުވާލަކަށް ޕޮޒިޓިވް ވެފައިވަނީ 250,000 މީހުންނެވެ.

އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް، (NHS)އިން ހާމަ ކޮށްފައިވާ ގޮތުގައި، މިހަފްތާގެ ބުދަ ދުވަހު އެކަނިވެސް އެގައުމުގައި ހޮސްޕިޓަލްތަކުގެ 10,462 އެދުވަނީ ކޯވިޑަސް ޕޮޒިޓިވް ވެފަައިވާ މީހުން އެޑްމިޓް ކުރަން ޖެހުމުގެ ސަބަބަނުން ފުލް ވެފައެވެ. މިއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު 916 މީހުންގެ އިތުރު އަދަދެކެވެ.

އަދި ނޭޝަނަލް ހެލްތު ސާވިސް، (NHS)އިން ބުނެފައިވަނީ، 771 މީހުންވަނީ ވެންޓިލޭޓަރުގައެވެ. މިއަދަދަކީ ޑިސެމްބަރުމަސް ފެށުމަށްފަހުވެސް ބަދަލު ނުފެ ހިފެހެއްޓިފައިވާ މިންވަރެކެވެ.

ދުނިޔޭގައި ބާރުމިނުގައި ފެތުރެމުންދާ އޮމިކްރޮން ވޭރިއެންޓް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ ދުނިޔޭގެ ގިނަ ގައުމުތަކުންދަނީ ބޯޑަރުތައް ބަންދުކޮށް، އަދި ސިއްހީ ހަރުކަށި ފިޔަވަޅުތައް އަލުން ތައާރަފް ކުރަމުންނެވެ.

ކޯވިޑް ކޭސްތަކުގެ "ސުނާމީ"އަކާއި ދުނިޔެ ކުރިމަތިލާން ޖެހިދާޏެކަމުގެ އިންޒާރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދީފި

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *