ތޫމް ރެސްޓޯރެންޓުގެ ފިލާތަކެއް ވަގަށް ނެގި މައްސަލާގައި ދެ މީހަކު ހޯދަށް ވީޑިއޯއާއިއެކު އާންމުންގ އެހީތެރިކަން ފުލުހުން އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ ދެމީހުންނަކީ ތޫމް ރެސްޓޯރަންޓް ބަންދުކުރުމަށް އެތަނުން ބޭނުންކުރަމުންދާ ފިލާތަކެއް 2020 އޮކްޓޫބަރު 3 ވަނަ ދުވަހުގެ ވަގުތެއްގައި ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެމީހުން ކަމަށެވެ.
މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ ދަންނަވާފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ