ފާއިތު ވެގެންމިދާ 2 އަހަރުގެ ތެރޭގައި ހީވެސް ނުކުރާހާ ބޮޑެތި ބަދަލުތަކެއް މުޅި ދައުލަތަށް ގެނެވިއްޖެ: ފައްޔާޒް

ފާއިތު ވެގެންމިދާ 2 އަހަރުގެ ތެރޭގައި ހީވެސް ނުކުރާހާ ބޮޑެތި ބަދަލުތަކެއް މުޅި ދައުލަތަށް ގެނެވިއްޖެ: ފައްޔާޒް

Author
މުޙައްމަދު ޝަޒައިމް
05 ނޮވެމްބަރ 2020 11:02
0

ސަރުކާރުގެ މިވީ މަދު ދުވަސްތަކުގެ ތެރޭގައި ހީވެސް ނުކުރާހާ ބޮޑެތި ބަދަލުތަކެއް މުޅި ދައުލަތުގެ ނިޒާމަށް ގެނެވިފައިވާ ކަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްލާއިމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ސްޓެޓަޖިކް އެކްޝަން ޕްލޭން އިފްތިތާޚް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެ މިވީ ދުވަސްތަކުގެ ތެރޭގައި މުޅި ދައުލަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. މިބަދަލުތަކުގެ ސަބަބުން ދައުލަތް ހިންގުމަށާއި، ކުރިން ދައުލަތުގެ ތެރޭގައި އޮތް ލަތްގަނޑުތަކުގެ ސަބަބުން ކުރިއަށް ނުދެވިފައި އޮތް އޮތުމަށް ނިމުމަށް އައިސްފައިވަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑުމެން ހަވާލުވިއިރު ބައިވަރު ލައްގަނޑުތަކެއް ވަނީ މުޅި ދައުލަތުގައި ޖެހިފަ. އެކަންކަން ބަދަލު ކުރުމަށް މަސައްކަތް އަޅުގަނޑުމެން މިވީ ދެ އަހަރުގެ ތެރޭގައި މިކުރީ. މިވީ 2 އަހަރުގެ ތެރެއިން 1 އަހަރު ބަންދުގައި ތިބެ، ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ. ކޯޓުތަކަށް ތަކަށް ބެލިކަމުގައި ވިޔަސް، މަޖިލީހަށް ބެލިކަމުގައި ވިޔަސް، ސަރުކާރަށް ބެލިކަމުގައި ވީނަމަވެސް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ. މިއަދު އަޅުގަނޑުމެންނަށް ލޮލަށް ފެންނަން ނެތަސް ޤަބޫލުބެސް ނުކުރެވޭ ވަރުގެ ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ. ދާންވީ މިސްރާބު ސާފު ވެއްޖެ

– ފައްޔާޒް އިސްމާއިލް

މިނިސްޓަރ ވިދާޅުވީ ފާއިތުވެދިޔަ ދުވަސްތަކުގައި ދައުލަތުގެ ތެރޭގައި އޮތް ނުރަނގަޅު ކަންކަން އިސްލާހުކޮށް، ޚާއްސަކޮށް ބިދޭސީ ވަގުފާރީގެ މައްސަލައަށްވެސް އިމިގްރޭޝަނާއި، އެކުގައި ކުރެވުނު މަސައްކަތުން ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާކަމަށެވެ. އިމިގްރޭޝަނަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް މުއައްސަސާއަށްވާއިރު މިއަދު މި ގެނެވުނު ބަދަލާއިއެކު އިމިގްރޭޝަންގެ މަސައްކަތްތައް ތަރުތީބުގެ ހަރުދަނާ ގޮތެއްގައި ގެންދިއުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިމިގްރޭޝަންއަކީ ރާއްޖޭގެ އިޤްތިޞާދުގެ ވަރަށް މުހިންމު ދައުރެއް އަދާކުރާބައެއް. މުޅި އިޤްތިޞާދު ބިނާވެފައިވަނީ ޓުވަރިޒަމަށް. ފުރަތަމަ ރާއްޖެ އަންނަ ފަތުރުވެރިޔާއަށް ފެންނަނީ އިމިގްރޭޝަންގެ މުވައްޒިފެއް. ފުރައިގެން ދާއިރުވެސް ފެންނަނީ އިމިގްރޭޝަންގެ މުވައްޒިފެއް. އިމިގްރޭޝަނަކީ ރާއްޖޭގެ މަލަމަތި.

– ފައްޔާޒު އިސްމާއިލް

މިނިސްޓަރ ވިދާޅުވީ މިއަދު ރާއްޖޭގެ ހިންގުމުގެ ދާއިރާއަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން އުންމީދީ މަންޒަރުތަކެއް ފެންނަމުންދާކަމަށެވެ. ކޯވިޑް19 ގެ ހާލަތުގައި ކުިރމަތި ވެފައިވާ ދަތިތަކާއިއެކުގައިވެސް ރާއްޖެއިން މިކަމުން އަރައިގަނެ ފަތުރުވެރިކަން އަލުން ހުޅުވައި އިޤްތިޞާދު އިޔާދަ ކުރުމަށް ކުރާ މަސައްކަތަކީ މިކަމުގެ މިސާލެއްކަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.