ބޮލީވުޑްގެ ސުޕަސްޓަރ ސަލްމާން ޚާންގެ ގައިގައި ހަރުފައެއް ދަތް އަޅައިފިއެވެ.
މިކަން ހިނގާފައިވަނީ އާދިއްތަ ދުވަހު ޕަންވޭލްގައި އޭނާގެ ފާމް ހައުސްގައެވެ.
ހަރުފަ ދަތް އެޅުމާއެކު އޭނާ ވަނީ ކަމޯތޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހަރުފަ ދަތް އަޅާފައި ވަނީ އޭނާގެ އަތުގައެވެ.
އޭނާ އަށް އެންޓި ވެނޯމް މެޑިސިން ދިނުމަށްފަހު އޮބްޒަވޭޝަންގައި ބޭއްވުމަށްފަހު މިއަދު ހެނދު 9 ޖަހާ އެހާކަން ހާއިރު ވަނީ ދޫކޮށްލާފައެވެ.
އެއީ މާ ވިހަގަދަ ވައްތަރެއްގެ ހަރުފައެއް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިހާރު ސަލްމާން އެއްކޮށް ރިކަވަރީ ވެފައި ވާކަމަށް ޚަބަރުތައް ބުނެއެވެ. އޭނާ އެނބުރި ފާމްހައުސްއަށް ގޮސް އަރާމު ކުރަމުންދާކަމަށް ހަބަރުތަށް ބުނެއެވެ.
ސަލްމާން ފާމް ހައުސްއަށް ދިއައީ އޭނާގެ އުފަންދުވަސް ފާހަގަ ކުރުމަށެވެ. އޭނާގެ ގައިގައި ހަރުފަ ދަތް އަޅާފައިވަނީ ފާމްހައުސްގެ ގާޑަން އޭރިއާގައި ރައްޓެހިން ތަކަކާއި އެކު ޕާޓީގެ މަޝްވަރާ ކުރަމުން ދަނިކޮށް ކަމަށް ވެއެވެ.
ފާމް ހައުސް ގެ ގާޑަން އޭރިއާ އަކި ވަރަށް ބޮޑު އަދި ޖަންގަލީ އާއި އިންވެގެން އޮތް ތަނެއްކަމަށް ވުމުން އެފަދަ ހާދިސާ އެއް ހިނގަން މެދުވެރިވީއެވެ.
ސަލްމާނަކީ އާރާމުކޮށް ޗުއްޓި ހޭދަކުރުމަށް އޭނާގެ ފާމްހައުސްއަށް ދޭތެރެ ދޭތެރެއިން ދާ ތަރިއެކެވެ.