ކައިވެންޏަށް ފަހު ކެޓްރީނާ އެނބުރި މަސައްކަތަށް

ކައިވެންޏަށް ފަހު ކެޓްރީނާ އެނބުރި މަސައްކަތަށް

Author
ފާތިމަތު ނާވީ
27 ޑިސެމްބަރ 2021 05:55
0

މި މަހުގެ 9 ވަނަ ދުވަހު އެކްޓަރ ވިކީ ކޯޝަލް އާއި ކައިވެނި ކުރި ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް އެނބުރި މަސައްކަތަށް ނުކުމެއްޖެއެވެ.

ކެޓްރީނާ ޝޫޓިންގ ފަށާފައިވަނީ ކޯވިޑް-19ގެ ސަބަބުން ޝޫޓިން ނުފެށި ދިގުލައިގެން ގޮސްފައިވާ ފިލްމު "މޭރީ ކްރިސްމަަސް" އިންނެވެ. ކެޓްރީނާ ވަނީ އެނާ އެނބުރި މަސައްކަތަށް ނުކުތްކަން އިންސްޓަގްރާމް މެދުވެރިކޮށް އިއުލާން ކޮށްފައެވެ.

ސްރީރާމް އަދި ވިޖޭ ސެތުޕަތީ އާއި އެކު ކެޓްރީނާ މަސައްކަތް ކުރާ މިއީ ފުރަތަމަ ފިލްމެވެ. "މެރީ ކްރިސްމަސް" ގެ ޝޫޓިން ފެށީ ސައުތު މުމްބާއީގައެވެ. އަދި ފިލްމުގެ ޝޫޓިންގެ ބައެއް ޕޫނޭގައި ވެސް ކުރިއަށް ގެންދާނެއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ކައިވެންޏަށް ފަހު ވިކީ ވެސް ވަނީ މީގެ ހަފްތާހާ ދުވަސް ކުރިން މަސައްކަތަށް އެނބުރި ނުކުމެފައެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

ރިޕޯޓްތައް ބުނާގޮތުގައި ކައިވެންޏަށް ފަހު މި ދެމީހުން ވަނީ ރާއްޖޭގައި ކުޑަ ހަނީމޫނެއް ހޭދަކޮށްފައެވެ.

"މެރީ ކްރިސްމަސް" ޝޫޓިންއަށް ފަހު ކެޓްރީނާ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާނާ އެކު ކުޅޭ "ޓައިގާ3″ ގެ ފަހު ޝޫޓިންގ ޝެޑިއުލް ފަށާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.