އިދިކޮޅުން މަސައްކަތް ކުރަނީ ޕްރޮޖެކްޓްތައް ހުއްޓުވަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި މިއަދު ކުރި އިހުތިޖާޖާއި ގުޅިގެން ނިހާދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މަޤުސަދަކަށް ވެފައިވަނީ ރާއްޖޭގައި ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުވުންކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ހިންގާ ކަމަކުން ތަރައްޤީގެ މަޝްރޫޢުތައް ނުހުއްޓުވޭނެކަމަށާއި، އެކަން ނުވެސް ކުރެވޭނެކަމަށެވެ.
އިދިކޮޅުން މަސައްކަތް ކުރަނީ ޕްރޮޖެކްޓްތައް ހުއްޓުވަން! ވަރަށް ދެރަކަމެއްދޯ؟ ދަންނަވަން އޮތީ އެއްވެސް ޕްރޮޖެކްޓެއް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ވާހަކަ! އެއްވެސް އުދަގުލެއް ވާނަމަ އެވެރިން ހުއްޓުވައިގެން ވިޔަސް ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ! ނިހާދު ވިދާޅުވިއެވެ.
މިއަދު ހަވީރު އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ސުލްހަވެރި މިހިނގާލުމުގައި އެރަށުގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. މި ހިނގާލުމުގައި ބައިވެރިވި މީހުން ވަނީ އައްޑޫ ސިޓީގައިތިބި އިންޑިއާ މިލިޓަރީ ސިފައިން ބޭލުމަށް ގޮވާލާފައެވެ. ހިނގާލުމުގެ ބައިވެރިން ތިބީ އެކި ޝުއޫރުތައް ލިޔެފައިވާ ގިނަ އަދަދެއްގެ ބެނާވެސް ހިފައިގެންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިދިކޮޅުން ދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާއި، ގިނަ ހަރަކަތްތަކެއް ހިންގަމުންނެވެ. އެގޮތުން އިއް ފ.ނިލަދޫގައި ރައީސް ޔަމީން ބައިވެރިވެގެން ވަނީ ބޮޑު އިވެންޓެއްވެސް ބާއްވާފައެވެ.
ކޮމެންޓު ފޮނުވާ