އިންޑިއާ އައުޓް ޓީޝާޓުގައި ރައީސް ޔާމީން ނިލަންދޫއަށް

އިންޑިއާ އައުޓް ޓީޝާޓުގައި ރައީސް ޔާމީން ނިލަންދޫއަށް

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2021 05:05
0

"އިންޑިއާ އައުޓް" ކެމްޕެއިންގައި ރައީސް ޔާމީން މިއަދު ފ.ނިލަންދޫއަށް ވަޑައިގަތުމުން ވަޑައިގަތުމުން އެރަށުން އަމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އިންޑިއާ އައުޓް ޓީޝާޓުގައި ރައީސް ޔާމީން މިއަދު ނިލަންދޫއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުހަކާ ކިޔަން ނިކުމެފައެވެ. އިންޑިއާއާ އައުޓް ކެމްޕެއިން ނިހިންގޭނެކަމަށް ސަރުކާރުން އިންޒާރު ދީފައިވަނިކޮށް އިދިކޮޅުން މިއަދު ކުރި ދަތުރުގައި މީގެ ކުރިން އެހެން ރަށްތަކުން މަރުހަބާ ކިޔަން ނިކުތް މީހުންނަށްވުރެއް މާގިނައިން ވަނީ މީހުންނިކުމެފައެވެ.

ރައީސް ޔާމީން ވަނީ ނިލަންދޫއަށް ވަޑައިގެން އަރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާފަައެވެ. ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ނަގާލަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެވޭނެކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިހާރު ގައުމު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ.

އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް"ހަރަކާތާއި ގުޅޭގޮތުން ރައީސް އޮފީހުގެ ޗީފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވީ، އިންޑިއާއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުންތަކަކީ ކުރީ ސަރުކާރުތަކުން ވެފައިވާ އެއްބަސްވުންތަކެއްކަމަށެވެ. އެއީ މިސަރުކާރުން ކުރި ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިއާއެކު މިސަރުކާރުން ޤާއިމްކޮށްފައިވާ ޚާއްޞަ ގުޅުމަކީ ސިއްރު ގުޅުމެއް ނޫންކަމަށާ، މިސަރުކާރުން ކުރައްވާކަމަކީ ކުރީ ސަރުކާރުތަކުން ފެށިގެން ވެފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒްކުރުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާގެ މިލިޓަރީ އޮތްކަމަށް އިދިކޮޅުން ތުހުމަތުކުރާއިރު، ބޭރު ގައުމެއްގެ މިލިޓަރީ އޮތްނަމަ ފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ޢަލީ ޒާހިރު ވިދާޅުވީ ރާއްޖޭގައި ތިބީ އިންޑިއާގެ އަސްކަރީ ބައެއް ޑޮކްޓަރުންނާއި ޓެކްނިކަލް މީހުންކަމަށެވެ.

މިސަރުކާރުން ޚިޔާލު ފާޅުކުރުމާއި އެއްވެއުޅުމަށް ހުރަސް ނާޅާނެކަމަށާ، ނަމަވެސް މުޅި މުޖުތަމައުގެ އަމާންކަން ގެއްލޭގޮތަށް ހިންގޭ ޙަރަކާތްތަކުން ގެއްލުންވެގެންދާނީ ރައްޔިތުންނަށް ކަމަށްވާތީ އެކަންކަން ހުއްޓުވުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢާމާލްކުލޫނީ
މަނިކުފާނު ތިކުރައްވާ ހިތްވަރައްސާބަސް ކ