"މެޓްރިކްސް" ގައި ޕްރިޔަންކާގެ އެންމެ 10 މިނިޓް!

"މެޓްރިކްސް" ގައި ޕްރިޔަންކާގެ އެންމެ 10 މިނިޓް!

Author
ފާތިމަތު ނާވީ
24 ޑިސެމްބަރ 2021 02:57
0

"މެޓްރިކްސް ރިސަރެކްޝަންސް" ވަނީ މިދިއަ ބުދަ ދުވަހު ރިލިޒްކޮށްފައެވެ.

ބޮލީވުޑުގެ އިތުރުރުން ހޮލީވުޑުގެ ވެސް ހުނަރުވެރި ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އެންމެ ފަހުގެ ފިލްމު "މެޓްރިކްސް ރިސަރެކްޝަންސް" ގައި އޭނާ ހިމެނެނީ އެންމެ 10 ވަރަކަށް މިނިޓްގެ ރޯލެއްގައެވެ. މި ފިލްމް ގައި ޕްރިޔަންކާގެ އެހާ ކުޑަވަގުތު ކޮޅެއް އިނުމުން ފޭނުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

އޭބީސީން 2015 ވަނަ އަހަރު ގެނެސްދިން ސިލްސިލާ "ކުއަންޓިކޯ" އިން ހޮލީވުޑް ދަތުރު ފެށި ޕްރިޔަންކާ މިހާތަނަށް ވަނީ ދެތިން ފީޗާ ފިލްމަކުން ފެނިގެން ގޮސްފައިއެވެ. ނަމަވެސް ޑްރާމާއަށް ލިބުނު ވަރުގެ މަގުބޫލު ކަމެއް މީގެން އެއްވެސް ފިލްމަކަށް ލިބިފައެއް ނުވެއެވެ.

ހޮލީވުޑްގެ އެންމެ މަޝްހޫރު ފްރެންޗައިޒް "މެޓްރިކްސް"ގެ ހަތަރު ވަނަ ފިލްމުގައި ޕްރިޔަންކާ ކުޅެފައި ވަނީ ސާޓީ ކިޔާ ކެރެކްޓާއެކެވެ. އޭނާ ވަނީ ފިލްމް ޕްރޮމޯޓް ކުރުމުގައި ވަރަށް ބޮޑަށް ހަރަކާތްތެރި ވެފައެވެ.

މި ފިލްމުން މިވަރުގެ ކުޑަ ފުރުސަތެއް ލިބުމުން ވެސް ޕްރިޔަންކާ ވަނީ މިކަން ވަރަށް ބޮޑަށް ފާހަގަކޮށް މިއީ އޭނާގެ މުޅި ކެރިއަރުގައިވެސް ލިބުނު ބަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.