ޚިޔާލުފާޅުކުރުމުގެ ފުރުސަތުދެވެނީ އެމްޑީއެންއަށް، ދެންތިބި އެންމެންނަކީ މިސަރުކާރަށް "ހަރުކަށި" ފިކުރު މީހުން: ސައީދު

ޚިޔާލުފާޅުކުރުމުގެ ފުރުސަތުދެވެނީ އެމްޑީއެންއަށް، ދެންތިބި އެންމެންނަކީ މިސަރުކާރަށް "ހަރުކަށި" ފިކުރު މީހުން: ސައީދު

Author
މުޙައްމަދު ޝަޒައިމް
05 ނޮވެމްބަރ 2020 09:16
0

ޚިޔާލުފާޅުކުރުމުގައި ދީނާއި ޚިލާފު އެމްޑީއެންގެ ވާހަކަ ތަކަށް ސަރުކާރުން ދަނީ ފާޅުގައި ފުރުސަތު ދެމުން ކަމުގައި ޕީއެންސީގެ ނައިބް ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަން ދިވެހި ސަރުކާރުން އެންމެ މަތީ ދަރަޖައަށް ކަށަވަރުކޮށްދޭކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން މާވަށު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ސައީދު ވިދާޅުވިީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވަނީ އިސްލާމީ ޚުދޫދުގެ ތެރެއިން ޤާނޫނު އަސާސީއާއި ޚިލާފުނުވާ މިންގަނޑެއްގެ ތެރޭގައި ކުރުމަށްކަމަށެވެ.

ނަމަވެސް ފެނިގެންދަނީ ފާޅުގައި އިސްލާމްދީނާއި، ޚިލާފަށް މަސައްކަތްކޮށް، ދީނުގެ ހުކުމްތަކަށް ފާޑުވިދާޅުވާ އެމްޑީއެންއަށް ފުރުސަތުދީ، އެހެން ފަރާތްތަކުގެ އަޑު ކަނޑުވާ މަންޒަރުކަމަށެެވެ. މިއަދު ސަރުކާރުން ޚިޔާލްފާޅުކުރަން ނިކުންނަ ކޮންމެ ބަޔަކީ "ހަރުކަށި" ފިކުރުގެ މީހުންނަށް ހަދައި ޚިލާލުފާޅުކުރުމާއި، އެއްވެ އުޅުމަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގު ނިގުޅައިގަނެފައިވާމަށް ސައީދު ވިދާޅުވިއެވެ.

ސައީދު މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމަށް ފާޑުވިދާޅުވެ އަޑު އުފުލުމުން އެއީ "ހަރުކަށި" ޖަމާއްތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ދީނީ ހަރުކަށި ޓެރަރިސްޓް ޖަމާއަތްތަކުން ގައުމުތައް ހިފުމުގެ ކުރިން އަބަދުވެސް މަސައްކަތް ކުރާނީ ބައިނަލްއަގްވާމީ ގޮތުން އެ ގައުމެއް އެކަހެރި ކުރަން ކަމަށެވެ. އިންޑިއާ އައުޓް ކެމްޕެއިނަކީ އޭގެ ހަރަކާތެއް ކަމަށާއި އެކަން ކުރަނީ މަދު ބަޔަކު ކަމަށާއި އަދި ސިޔާސީ ޕާޓީއަކުން އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކެމްޕެއިން ހިންގަމުންދަނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އަޑީގައި ތިބެގެން ކަމަށްބުނެ ރައީސް ނަޝީދު ވާހަކަ ދައްކަވަމުންދަނީ ވަކި ބަޔަކު ރުއްސުމަށް ކަމުގައި ވިދާޅުވެ ސައީދުވަނީ މީގެކުރިންވެސް ރައްދު ދެއްވާފައެވެ.

ޚިޔާލްފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެންޑީއެމްއަށް ފުރުސަތު ދޭކަމަށް ސައީދު ވިދާޅުވެފައިވަނީ، ފުލުހުން ހޯދަން އިއުލާންކޮށް، ފާޅުކަން ބޮޑުކޮށް ދީނާއި ޚިލާފް ރިޕޯޓް ޝާއިރު ކުރަމުންދާ އެމްޑީއެންގެ އިސްބޭފުޅުނަށް ދައުލަތުގެ މުހިންމު މަަސައްކަތްތަކުންވެސް މިސަރުކާރުން ފުރުސަތު ދެމުންދާތީއެވެ. އެގޮތުން 2012ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018އާ ހަމައަށް ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް އިންތިޤާލީ އިންސާފުގެ ބިލަށް އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު އަދާކުރި ޝަހިންދާ އިސްމާއިލްގެ ޚިޔާލާއި މަޝްވަރާ ވަނީ ހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.