ސީއެސްސީއަށް މައުލޫމާތަށް އެދޭތާ 1 ދުވަސް ތެރޭގައި ޖަވާބު ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ސީއެސްސީއަށް މައުލޫމާތަށް އެދޭތާ 1 ދުވަސް ތެރޭގައި ޖަވާބު ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

Author
މުޙައްމަދު ޝަޒައިމް
05 ނޮވެމްބަރ 2020 08:48
0

ސިވިލްސާވިސް ކޮމިޝަނުން އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް އެދޭ ފަރާތްތަކަށް 1 ދުވަސް ތެރޭގައި ކޮމިޝަނުން މައުލޫމާތު ފޯރުކޮށްދޭނެ އިންތިޒާމު އެކޮމިޝަނުން ހަމަޖައްސައިފިއެވެ.

ސވިލްސާވިސްކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިވިލް ސަރވިސްގެ އިދާރާތަކުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުން އަދި ޢާންމު ރައްޔިތުން އެކިއެކި ބޭނުންތަކުގައި ސިވިލް ސަރވިސް ކޮމިޝަނުން މަޢުލޫމާތު ސާފުކުރުމަށް މުޢާލަމާތުކުރާ އިރު، މަޢުލޫމާތު ލިބިދިނުން ފަސޭހަކޮށް ދިނުމުގެ ގޮތުން، ކޮމިޝަނަރުންނާއި ކޮމިޝަނުގެ އިދާރާގެ މުވައްޒަފުން މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.

އެގޮތުން ކޮމިޝަނުގެ އިދާރާއާ އެކިއެކި ބޭނުންތަކުގައި މުޢާމަލާތުކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ޖަވާބުދާރީވެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގައި، ކޮމިޝަނާ މުޢާމަލާތު ކުރެވޭނެގގޮތާއި، އަދި، ކޮމިޝަނާ މުޢާމަލާތުކުރަންޖެހޭ ޙާލަތްތަކުގައި ނުވަތަ ކޮމިޝަނުގެ އިދާރާއަށް ގުޅައި، ފޯނުން ޖަވާބުނުލިބޭ ވަގުތުތަކުގައި މުއާމަލާތް ކުރެވޭނެ ފަސޭހަ އިންމތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.

ސީއެސްސީން މައުލޫމާތަަށް އެދޭފަރާތްތަކަށް ހަމަޖައްސަވާފައިވާ އިމްތިޒާމުތައް: 

– ކޮމިޝަނުގެ ވެބްސައިޓުގައި އެކިއެކި ބޭނުންތަކުގައި ކޮމިޝަނުގެ މުވައްޒަފުންނާ މުޢާމަލާތުކުރުމަށް "ޗެޓް ފީޗަރ" އެއް ވަނީ ޤާއިމުކުރެވިފައެވެ. ކޮމިޝަނުގެ އިދާރާއިން އެއްވެސް ކަމެއް ސާފުކުރުމަށް ބޭނުންވާ ނަމަ، މި ފީޗަރ ބޭނުންކޮށްގެން ކޮމިޝަނުގެ މުވައްޒަފުންނާ މުޢާމަލާތު ކުރުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.

– ކޮމިޝަނުން މަޢުލޫމާތު ސާފުކުރަން ބޭނުން ނަމަ، ކޮމިޝަނުގެ އީމެއިލްއަށް އެ ކަމެއްގެ ކުރު ޚުލާޞާއަކާއެކު ނަމާއި ގުޅޭނެ ނަންބަރު ޖެހުމަށް ފަހު އީމެއިލްކުރުމުން، ރަސްމީ މަސައްކަތު 1 (އެކެއް) ދުވަހުގެ ތެރޭގައި ކޮމިޝަނުގެ އިދާރާއިން ގުޅާނެކަމަށާއި، ނުވަތަ އީމެއިލް މެދުވެރިކޮށް ޖަވާބު ލިބޭނެ ކަމަށް ސީއެސީން ހާމަކުރެއެވެ.

– ކޮމިޝަނުގެ ވަކި މުވައްޒަފަކާ ގުޅަން ބޭނުންވާ ނަމަ، ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުގައި ވަކިވަކި މުވައްޒަފުންނާ ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ބަޔާންކުރެވިފައިވާނެކަމަށާއި، މުވައްޒަފާ ފޯނުން ނުގުޅޭ ނަމަ، ދީފައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރުމުން، އެ މުވައްޒަފު ގުޅާނެކަމަށެވެ. ނުވަތަ ރަސްމީ މަސައްކަތު 1 (އެކެއް) ދުވަހުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ޖަވާބު ލިބޭނެކަމަށް ސީއެސީން ހާމަކުރެއެވެ.

– ކޮމިޝަނުގެ ރިސެޕްޝަނަށް (ފޯނު ނަންބަރު 3307307) ނުގުޅޭ ނަމަ، ކޮމިޝަނުގެ ހޮޓްލައިން ނަންބަރު 7799280 އަށް ގުޅުމަށް ވަނީ ދަންނަވާފައެވެ. އަދި އެ ނަންބަރުން ޖަވާބުނުލިބޭ ނަމަ، ގުޅާ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު ޖެހުމަށް ފަހު، ހޮޓްލައިން ނަންބަރަށް އެސް.އެމް.އެސް ކުރުމުން ކޮމިޝަނުގެ އިދާރާއިން 1 (އެކެއް) ދުވަހުގެ ތެރޭގައި އެ ފަރާތަކަށް ގުޅާނެކަމަށް ސީއެސީން ހާމަކުރެއެވެ.

ސިވިލް ސަރވިސްގެ އިދާރާތަކުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުން އަދި ކޮމިޝަނަށް ގުޅަން ބޭނުންވާ ޢާންމު ރައްޔިތުންގެ ފަރާތުން ކޮމިޝަނުން އެދެނީ، ކޮމިޝަނުގެ އިދާރާއަށް ފޯނުން ގުޅުމުގައި އެއްވެސް ދަތިކަމެއް ދިމާވާ ނަމަ، ޙަވާލާދީފައިވާ ކޮންމެވެސް އެއްގޮތެއް ބޭނުންކޮށްގެން ކޮމިޝަނާ މުޢާމަލާތު ކުރަމުން ގެންދިއުން ކަމުގައި ސީއެސީން ހާމަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.